ތިނަދޫއިން އިތުރު މީހަކު ކޮވިޑަށް ފައްސި ވެއްޖެ

ގދ. ތިނަދޫ

ތިނަދޫއިން އިތުރު މީހަކު ކޮވިޑް 19 އަށް ފައްސި ވެއްޖެ އެވެ.

ތިނަދޫއިން ފައްސިވެފައިވަނީ އައްޑޫ އެއާޕޯޓް ކްލަސްޓާރގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ތިނަދޫއިން ފާހަގަކުރެވުނު ، ފައްސިވެފައިވާ ކޭސްގެ ޑައިރެކެކްޓް ކޮންޓެކްޓެކެވެ. މިކަން ޑރ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ޔަގީންކޮށްދީފައިއެވެ.

މިއާއި އެކު ތިނަދޫގައި އެެކްޓިވް ކޭސްގެ އަދަދަކީ ތިނެކެވެ.

"ގާފު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ފައްސިވި ފަރާތަކީީވެސް ކާޑެއްދޫ އެއާޕޯޓުގައި މަސައްކަތްކުރަމުން އަންނަ ފަރާތެކެވެ.

ތިނަދޫއިން ނެގި ރެންޑަމް ސާމްޕަލެއްވެސް ވަނީ ކޮވިޑަށް ފައްސި ވެފައި އެވެ. އަދި މިއާއި އެކު ތިނަދޫ ވަނީ މޮނީޓަރިންގ ހާލަތަށް ގެނެސްފައިއެވެ. ބަލި ކޮންޓްރޯލް ކުރުމަށް ތިނަދޫ ކައުންސިލުން ވަނީ ރަށުތެރޭގައި ފިޔަވަޅުތަށް ވަރުގަދަކޮށްފައި އެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް