މާސްކު ނާޅާ އުޅުނު 1551 ފަރާތެއް ޖޫރިމަނާ ކޮޮށްފި

އެޗްޕީއޭގެ މިންގަޑާ ހިލާފަށް މާސްކު ނާޅާ އުޅުނު 1551 ފަރާތެއް ޖޫރިމަނާ ކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި 31 ޖެނުއަރީއިން ފެށިގެން 8 ފެބްރުއަރީއާ ހަމައަށް 1551 ފަރާތެއް މާސްކު ނާޅާ އުޅުމުގެ ސަަބަބުން ޖޫރިމަނާކޮށްފައިވާއިރު ކާފިއު ގަޑީތަކުގެ ގައިޑްލައިނާއި ހިލާފުވި 988 ފަރާތެއް ޖޫރިމަނާ ކުރުމުގެ އިތުރުން ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި ވެހިކަލް ދުއްވި 271 ފަރާތެއް ވަނީ ޖޫރިމަނާކޮށްފައެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކޮށް ގެނައި ބަދަލާއެކު ގްރޭޓާ މާލެ ސަރަހައްދުގައި ރޭގަނޑު11 އިން ފަތިހު 4:30 އަކީ ކާފިއު ގަޑިއެވެ. މީގެ އިތުރުން ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް ގްރޭޓާ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުންވެސްވަނީ މަނާކޮށްފައެވެ. ގްރޭޓަރ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަށް އިތުރަށް ވަރުގަދަކޮށްފައިވަނީ ކޮވިޑަށް ފައްސިވާ މީހުން ގިނަވުމާއި ގުޅިގެންކަމަށް އެޗްޕީއޭއިން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން އާންމުންގެ ރައްކާތެރިކަމަށްޓަކައި އެޅިފައިވާ ފިޔަވަޅުތަކަށް ސަމާލުކަންދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮޮށްފައެވެ.

ކޮމެންޓް

One Response

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް