
ރާކީ ސާވަންތާ ދެކޮޅަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އޭނާ ހައްޔަރުކޮށްފި
when-rakhi-sawant-claimed-she-holds-a-mbbs-degree-from-canada-explained-benefits-of-potatoes-aaloo-khane-se-acid-ke-kheede-chalu-hojate-hai-001
ރާކީ ސާވަންތާ ދެކޮޅަށް، ޝަރްލިން ޗޯޕްޅާ ހުށަހެޅި މައްސަލައަކާ ގުޅިގެން އޭނާ ހައްޔަރުކޮށްފިއެވެ. މިމައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އިންޑިއާގެ އަންބޮލީ ޕޮލިސް ސްޓޭޝަނުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ރާކީ އޭނާގެ ފިރިމީހާ އާދިލް ދުރާނީއާ ގުޅިގެން ހަދާފައިވާ އޭނާގެ ޑާންސް އެކަޑަމީ ލޯންޗް ކުރަން މިއަދު މެންދުރުފަހު 3:00 ގައި އޮތީ ހަމަޖެހިފައެވެ.
ޝަރްލިން ޗޯޕްޅާ ވަނީ ރާކީ ސާވަންތު ހައްޔަރުކުރި ކަން ޓްވިޓާމެދުވެރިކޮށް އެންމެންނަށް އަންގާފަ އެވެ. އޭނާ ކުރި ޓުވީޓެއްގައި ބުނީ، އެމްބޮލީ ފުލުހުން ރާކީ ސާވަންތު ހައްޔަރުކުރީ އެފްއައިއާރު 883/2022 އާ ގުޅިގެން ކަމަށެވެ.
މިދިޔަ އަހަރު ރާކީ ސާވަންތު ވަނީ، ޝަރްލިން ޗޯޕްޅާ ސާޖިދު ޚާނާ ދެކޮޅަށް ދެއްކި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ސާޖިދު ޚާނާ ދެކޮޅަށް ބަޔާން ދިނުމާށް ފަހު ޝަރުލިން ވަނީ ނޫސްވެރިންނާ ވާހަކަ ދައްކާފައެވެ. އަދި އޭނާ ވަނީ އެކްޓަރު ސަލްމާން ޚާން ސާޖިދު ޚާން ހިމާޔަތް ކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.
ނަމަވެސް ރާކީ ސާވަންތު ވަނީ ސާޖިދުގެ ދިފާއުގައި ޝަރްލިންގެ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ނޫސްވެރިންނާ ވާހަކަ ދައްކަމުން ރާކީ ދެއްކި ވާހަކަތަކާ ގުޅިގެން ޝަރްލިން ވަނީ ރާކީއާ ދެކޮޅަށް އަބުރު ގެއްލޭ ކަމަށް ބުނެ މައްސަލަ ހުށަހަޅައިފަ އެވެ.