
SPORT-PREVIEW-Ramos-Manchester-United
2021 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ސްޕެއިންގެ ރެއާލް މެޑްރިޑްގެ ސްޓާރ ޕްލެޔަރ ސާޖިއޯ ރާމޮސް އެންމެ ކާމިޔާބު އިނގިރޭސި ކުލަބް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމަށް ނިންމާފައިވާ ކަމަށް ބޭރުގެ ކުޅިވަރު ނޫސްތަކުން ރިޕޯޓުކުރަން ފަށައިފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، މިއަހަރުގެ ޖޫންމަހު ރެއާލް އާއި އެކު ރާމޮސް ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނެއެވެ. އަދި ރެއާލުން ކޮންޓްރެކްޓް އާކުރުމަށް ދެ އަހަރުދުވަހުގެ އެއްބަސްވުމެއް ހުށަހަޅާފައިވާއިރު ރާމޮސް އެއްބަސްވުމން އާނުކުރަން ވަނީ ނިންމާފައިއެވެ ރެއާލުން ހުށައެޅި އާ ކޮންޓްރެކްޓަށް ރާމޮސް ނޫނެކެނޭ ބުނެފައިވަނީ އޭނާއަށް ލިބޭ މުސާރައިގެ 10 އިންސައްތަ އުނިކޮށްފައިވުމާއި ގުޅިގެން ކަމަށް ރިޕޯޓުތަށް ބުނެއެވެ.
ޔުނައިޓެޑުގެ އިތުރުން ފްރާންސްގެ ޕީއެސްޖީން ވެސް ރާމޮސް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް ރާމޮސް ރަސްމީކޮށް އެއްވެސް ކުލަބަކާއެކު ވާހަކަ ދައްކާފައެއް ނުވެއެވެ.
ރިޕޯޓުތައް ބުނާގޮތުން އަންނަ ހަފުތާގައި ރާމޮސްގެ އޭޖެންޓް އާއެކު ޔުނައިޓެޑާއެކު ވާހަކަތައް ދެއްކުމަށް އިނގިރޭސިވިލާތަށް ފުރާނެއެވެ. މިހާތަނަށް އަނގަބަހުން ކުރެވުނުުު ނުރަސްމީ މަޝްވަރާތަކުން އަގު ފައިނަލްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަޑުފެތުރިފައިވާ ގޮތުގައި ރާމޮސް ޔުނައިޓަޑަށް ސޮއިކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު 200،000 ޔޫރޯގެ މުސާރައަކަށެވެ.
ރާމޮސް 16 އަހަރަށްފަހު ރެއާލް ދޫކޮށް ޕްރިމިއަރ ލީގުގެ ކުލަބަކަށް ބަދަލުވާން ނިންމިއިރު މީގެ ކުރިން ވެސް ރާމޮސް ޔުނައިޓަޑަށް ބަދަލުވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓުތަށް ބުނެއެވެ. އެހެން ނަމަވެސް ސޮއިކުރުމާއި ވަރަށް ގާތް ވެފައި ވަނިކޮށް އެޑީލް ވަނީ ހުއްޓުމަކަށް އައިސްފައިއެވެ.
އުމުރުން 34 އަހަރުގެ ރާމޮސް އަކީ ސްޕެއިންގެ ތާރީހުގައި އެންމެ ގިނަ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ކުޅުންތެރިޔާ އެވެ. އަދި ރެއާލް މެޑްރިޑްގެ އެންމެ ކާމިޔާބު އެއްކުޅުންތެރިޔާވެސް މެއެވެ. އޭނާ ރެއާލް މެޑްރިޑަށް ބަދަލުވެފައިވަނީ 2005 ވަނަ އަހަރެވެ. ޑިފެންޑަރެއްގެ ގޮތުގައި ފެނުނު ނަމަވެސް އޭނާ ވަނީ ރެއާލް އަދި ސްޕެއިން ގައުމީ ޓީމާއެކު ޖުމްލަ 100 އަށްވުރެ ގިނަ ގޯލު ޖަހައިދީފައެވެ.