logoEN
ކޮކާކޯލާ
އުއްމީދަކީ ލީގު އަވަހަށް ފެށިގެން ދިޔުން - ބައްސާމް

އުއްމީދަކީ ލީގު އަވަހަށް ފެށިގެން ދިޔުން - ބައްސާމް

# ފުޓްބޯލް

b1p5TNk732sGZiB56oIi

ދިވެހި ޕްރެމިއަރ ލީގުގެ ފަރިތަކުރުންތައް އަވހަށް ފެށިގެން ދިޔުމަކީ އުންމީދެއް ކަމަށް ދިވެހި ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އަބުޅޯ

ބައްސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުޓުބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމަށާއި، ފުޓުބޯޅައަކީ ދިވެހި އެތައް އާއިލާއެއްގެ ދިރިއުޅުމާއި ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ލީގުގެ ފަރިތަކުރުންތަކާއި ލީގު ވީ އެންމެ އަވަހަށް ފެށިގެން ދިޔުމަކީ އެންމެ ބޮޑު އެއް އުންމީދުކަމަށްވެސް ބައްސާމް ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް - 19ގެ 3 ވަނަ ރާޅާ ރާއްޖެ ކުރިމަތިލާފައިވާއިރު، އެޗްޕީއޭއިން އެޅި ވަރުގަދަ ފިޔަވަޅުތަކާއި އެކު ދިވެހި ޕްރެމިއަރ ލީގު މެދުކެނޑުމުގެ އިތުރުން ފަރިތަކުރުންތައްވެސް ވަނީ މެދުކަނޑާލާފައެވެ. މިކަމާއި ގުޅިގެން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބުތަކުން ވަނީ ހިންހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން ބައެއް ކުލަބުތަކަށް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ގެއްލުން ލިބެމުންދާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ ކުރިން މި ސީޒަންގެ މެޗުތައް ފަށާފައިވަނީ އެޗްޕީއޭއާ އެފްއޭއެމްއާ ގުޅިގެން ހެދި ހާއްސަ ގައިޑްލައިންތަކާއި އެކުގައެވެ. އެގޮތުން ހުރިހާ ކްލަބްތަކަކުންވެސް ވަނީ ގައިޑްލައިނާއި އެއްގޮތަށް ފަރިތަކުން ފަށާފައެވެ. މިސީޒަންގެ ފުރަތަމަ ބުރު ނިމިފައިވާއިރު ލީގު މެދުކަނޑާލީ ދެވަނަ ބުރުގެ މެޗުތައް ފަށާ ކުރިއަށްދަނިކޮށެވެ.

އެޗްޕީއޭގެ ހާއްސަ ގައިޑްލައިންތަކާއި އެއްގޮތަށް ލީގުގެ ފުރަތަމަ ބުރުގެ މެޗުތައް ކުޅެ ނިމުނު ނަމަވެސް، ލީގުގެ ދެވަނަބުރު މެދުކަނޑާލަން ނިންމުމުން ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ