9 ފެބްރުއަރީ 2021 ވަނަ ދުވަހުގެ ރޭ، ގއ.މާމެންދޫގައި ހިނގި ނުރައްކާތެރި ގްރޫޕް މާރާމާރީއެއްގައި އަނިޔާވެ، ގއ.ވިލިނގިލީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިދުނިޔެ ދޫކޮށް ދިޔައީ އެންމެ 17 އަހަރުގެ އަހްމަދު އުދައްޔުއެވެ. އުމުރުން އެހާމެ ޅަ އިރުގައި ދުނިޔެ ދޫކޮށް އެދިޔައީ އަނިޔާވެރި ގޮތެއްގައި ވިޔަސް، އުދައްޔުގެ އެންމެ ފަހުގެ ނަސޭހަތް އަޑުއަހާލަމާ ހިންގަވާށެވެ.
އުދައްޔު މަރުވުމުގެ ތިން ދުވަސް ކުރިން އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓްއިން ޝެއަރ ކޮށްފައި އިން ޕޯސްޓްއެކެވެ. ޕޯސްޓްގައި އިނީ ވަރަށް މާނަ ފުން، އެހާމެ ވިސްނުންތެރި، ވިސްނާލުން ރަނގަޅު ބަސްކޮޅެކެވެ. އިނގިރޭސި ބަހުން ލިޔެފައި އިން ޕޯސްޓްއެކެވެ. އެޕޯސްޓްގެ މާނަ ތަރުޖަމާ ކޮށްލާނަމަ އަންނާނީ މިހެންނެވެ.
"މީހަކަށް ކިތަންމެ ގިނަ ފާފަ ތަކެއް ކުރެވިފައި ވީނަމަވެސް ﷲގެ ހަޟްރަތަށް ކުއްތަންވެ ތައުބާވާށެވެ". އުދައްޔު ދުނިޔެ ދޫކޮށް ދިޔަ ކަމުގައި ވީނަމަވެސް، އެންމެ ފަހުގެ ނަސޭޙަތްވީ އެންމެންނަށް ވެސް ފިލާވަޅަކަށެވެ. މަރުވާނީ ކޮންދުވަހަކުން އެއްވެސް މީހަކަށް ނޭނގޭނެކަމެވެ. ކުށްތަށް ޢަފޫކޮށްދެއްވާ، ފަޟުލުވަންތަ ކަލަކީ ﷲ ކަމެވެ. ކިތަންމެ ގިނަ ކުށްތަކެއް ކުރި ނަމަވެސް، ކިތަންމެ ގިނަ ފާފަތަކެއް ކުރިނަމަވެސް، ﷲ ގެ ހަޟްރަތަށް ކުއްތަންވެ ތަޢުބާވުމުގެ މުހިއްމުކަމެވެ.
ކޮންމެ އަކަސް، ދުނިޔެ ދޫކޮށް އެދިޔައީ މީހެއްގެ އަގުބޮޑު ފުރާނައެކެވެ. މަންމައަކާއި ބައްޕައެއްގެ ލޯބިވާ ދަރިއެކެވެ. ލޯބިވާ އާއިލާއެއްގެ މެމްބަރެކެވެ. ކިތަންމެ ބައެއް ހެއްވާލަދިން ގާތް އެކުވެރިއެކެވެ. ﷲ، މަރްހޫމްގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި އާއިލާއަށް ކެތްތެރިކަން މިންވަރު ކޮށްދެއްވާށި. އާމީން!
One Response
ﷲ، މަރްހޫމްގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި އާއިލާއަށް ކެތްތެރިކަން މިންވަރު ކޮށްދެއްވާށި. އާމީން!