logoEN
PNC TOP 3
ފޭސް 2ގައި ތަރައްގީކުރި ހުޅުމާލެ ހޮސްޕިޓަލްގެ ކްލިނިކު މާދަމާ ހުޅުވަނީ

ފޭސް 2ގައި ތަރައްގީކުރި ހުޅުމާލެ ހޮސްޕިޓަލްގެ ކްލިނިކު މާދަމާ ހުޅުވަނީ

އަހުމަދު ޝުރާއު

logo

1/14/2023, 6:30:20 PM

UYC_0374

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި ހުޅުމާލެ ހޮސްޕިޓަލުގެ ކްލިނިކު މާދަމާ ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

PNC MID 2

ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް ތަރައްޤީކުރި މި ކްލިނިކު ހުޅުވުމަށް ހަމަޖެހިފައިވަނީ ހިޔާ ފްލެޓުގެ 16 ވަނަ ޓަވަރުގައި އެވެ.

ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި މި ކްލިނިކްގެ ސަބަބުން އެ ހޮސްޕިޓަލަށް ދައްކަން އަންނަ މީހުން އިތުރުވެ ޚިދުމަތް ދިނުމުގައި ދިމާވަމުން އަންނަ ދަތިތަކަށް ލުޔެއް ލިބިގެންދާނެއެވެ.

އެހޮސްޕިޓަލުން ހިޔާ ފްލެޓުގައި ކްލިނިކެއް ހުޅުވުމަށް ނިންމާފައިމިވަނީ ހުޅުމާލޭގެ އާބާދީ އިތުރުވުމާއި ގުޅިގެން އެ ހޮސްޕިޓަލުން ފަރުވާ ހޯދަން އަންނަ މީހުންގެ ޢަދަދު އިތުރުވަމުން އަންނާތީއާއި އަދި މިިދިޔަ ދެ ހަފްތާގެ ތެރޭގައި އެ ޢަދަދު ބޮޑުތަނުން އިތުރުވެފައިވާތީ ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މި ކްލިނިކް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 05:00 އަށެވެ. އެތަނުން ލެބޯޓްރީ ޓެސްޓްތައް ހެދޭނެ އިންތިޒާމާއި، އެސްޓީއޯގެ ފާމަސީއެއް ހުންނާނެއެވެ. އަދި ދާދި އަވަހަށް އެތަނުގައި ޕަބްލިކް ހެލްތު ޔުނިޓަކާއި، އެހެނިހެން ބައެއް ހިދުމަތްތައްވެސް ފެށުމަށް ވަނީ ނިންމާފައެވެ. ކްލިނިކުގެ ހިދުމަތް ފަށާއިރު މި ކްލިނިކުން ފަރުވާދެމުން ފުރަތަމަ އަންނާނީ އާންމު ބަލިތަކަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގިނަ ބަޔަކު ދިރިއުޅެމުން އަންނަ އިރު އަދިވެސް އެސަރަހައްދުގައި ސިއްހީ ރަނގަޅު ނިޒާމެއް އޮތީ ތަރައްޤީނުކުރެވިއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC