
މާމެންދޫ މާރާމާރީ: ތުހުމަތުކުރެވޭ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް!
IMG_0807
ގއ މާމެންދޫގައި މިރޭ ހިނގި ގްރޫޕް މާރާމާރީއާއި ގުޅިގެން ތުހުމަތު ކުރެވޭ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މައްސަލާގައި އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިކަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ކަށަވަރުކޮށްދީފައި އެވެ. ހަމީދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި މިމައްސަލަ މިހާރު އަންނަނީ ފުލުހުންގެ ސީރިއަސް އޯގަނައިޒް ކްރައިމް ޑިޕާޓްމެންޓުން ތަހުޤީޤު ކުރަމުންނެވެ. އަދި ފުލުހުންގެ އިތުރު ޓީމެއް މާދަން ހެނދުނު އެރަށަށް ދިޔުމަށް ހަމަޖެހިފައިވާކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފައިއެވެ.
މި މައްސަލާގައި އިތުރު ދެމީހަކު ހައްޔަރުކުރިކަން އެރަށުގައި ހުރި ގާފު ގެ ނޫސްވެރިޔާ މައުލޫމާތުދެއެވެ.
މާމެންދޫގައި ހިނގި މި މާރާމާރީގައި ކުޑަކުއްޖަކު ވަނީ މަރާލާފައިއެވެ. އަދި އިތުރު ޒުވާނަކަށް ގއ އަތޮޅު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
އިތުރު ތަފްސީލް އަންނަނީ ...