
މަހިންދަ ރާޖަޕަކްސަ ގައުމުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ކޯޓުން ދީފި
263026-01-02-1-1104464-1651121112
ސްރީލަންކާގެ ކުރީގެ ރައީސް އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ލަންކާއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދީފި އެވެ.

ލަންކާގެ މީޑިއާ ތަކުން ބުނާގޮތުގައި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ މައްޗަށް ގައުމުން ބޭރަށް ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން ކޯޓުން އުވާލީ ވަގުތީ ގޮތުންނެވެ.
މަހިންދަ ރާޖަޕަކްސަގެ މައްޗަށް އަޅާފައިވާ ދަތުރުފަތުރުކުރުން މަނާ މުއްދަތު އުވާލާފައިވަނީ 20 ޖެނުއަރީ 2023 އިން 31 އަށެވެ.
މަހިންދަ ރާޖަޕަކްސަ ގައުމުން ފުރުން މަނާކޮށްފައި އޮތީ މިދިޔަ އަހަރު އެގައުމުގައި ހިނގި ސިޔާސީ ހަމަނުޖެހުންތަކުގެ ތެރޭގައެވެ. އެގޮތުން މަހިންދަގެ ކޮއްކޯފުޅު ގޮޓާބަޔާ ރާޖަޕަކްސަ ލަންކާގައި ކުރައްވަމުން ގެންދިޔަ ވެރިކަން އެގައުމުގެ އާންމުން ނުކުމު ވަނީ ވައްޓާލާފައެވެ. އޭގެ ބޮޑު ވަޒީރު ކަމުގައި ހުންނެވީ މަހިންދަ ރާޖަޕަކްސަ އެވެ.



