މާމެންދޫ މާރާމާރީ: އަނިޔާވި ޒުވާނަކު އިތުރު ފަރުވާއަށް ތިނަދޫއަށް!

ގއ މާމެންދޫގައި މިރޭ ހިނގި ގްރޫޕް މާރާމާރީއެއްގައި އަނިޔާވި އިތުރު ޒުވާނަކު އިތުރު ފަރުވާއަށް ތިނަދޫއަށް ގެންދިޔުމުގެ މަސައްކަތް ފަށައިފި އެވެ.

އަނިޔާވި ޒުވާނާއަށް މިވަގުތު ފަރުވާ ދެމުން އަންނަނީ ގއ އަތޮޅު ހޮސްޕިޓަލްގައި އެވެ. މި ޒުވާނާގެ ހާލު ސީރިއަސް ކަމަށާއި ތިނަދޫ ޑރ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ގއ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހުމަދު ވަނީ " ގާފު " އަށް ކަށަވަރު ކޮށްދީފައި އެވެ.

އަނިޔާވި ޒުވާނާގެ ބުރަކަށްޓަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް " ގާފު " އަށް މައުލޫމާތު ލިބިފައިވެއެވެ.

މި މާރާމާރީގައި އަނިޔާވި ކުޑަކުއްޖާއަށް ފަރުވާ ދެމުން އަންނަނިކޮށް ވަނީ މަރުވެފައިއެވެ. މަރުވެފައިވަނީ އަނިޔާވި ޒުވާނާގެ ކޮށްކޮއެއްކަން "ގާފު" އަށް ވަނީ ކަށަވަރުކުރެވިފައިއެވެ.

މަރުވި ކުޑަކުއްޖާގެ އުމުރަކީ 17 އަހަރެވެ. އަދި މަރުވި ކުއްޖާގެ ހަށިގަނޑުގެ ހަތަރު ތަނަކަށް ހަމަލާދީފައިވާ ކަން ގއ އަތޮޅު ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައިއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް