
breaking ބްރޭކިންގް
މާފަންނު، އޯކިޑްމަގުގައި ހުންނަ އީވްނިން ކެފޭގައި ރޯވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތިގައި އަލިފާން ރޯވެފައިވަނީ އިވްނިންގް ކެފޭ ބަދިގޭގައެވެ.
އެމްއެންޑީއެފުން މީޑިއާއަށް މައުލޫމާތުދެމުން ބުނެފައިވަނީ މ. އީވްނިން ކެފޭގެ ބަދިގޭގައި އަލިފާނުގެ ހާދިސާ އެއް ހިނގާފައިވާކަމަށާއި އެކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 18:12 ހާއިރު ކަމަށެވެ.
މިހާރު އެސަރަހައްދުގައި އެމްއެންޑީއެފް އިން ދަނީ ހަރަކާތްތެރިވަމުން ނެވެ.
މިކަމާއި ގުޅިގެން އެސަރަހައްދުގައި މީހުން ދިރިއުޅޭ ގެތަކުން މީހުން ހުސްކޮށްފައިވެއެވެ.
19:00 ހާއިރު ރޯވި އަލިފާން ވަނީ ކޮންޓްރޯލް ކޮށްފައެވެ
މި ސަރަހައްދުން ދުމުގެ އަސަރުކޮށްގެން 2 މީހަކު އެމްބިއުލާންސްގަ ގެންގޮސަފައި ވާއިރު މިކަމާއި ގިޅޭ އިތުރު ތަފްސީލް އަދި ލިބިފައި ނުވެއެވެ.
މާލޭގައި ދާދި ފަހުންވެސް ވަނީ ބޮޑު އަލިފާނުގެ ހާދިސާއެއް ހިގާފައި، ނީލަން ފިހާރައިގައި ހިގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މިކަމުގެ ތަހުގީގަށް ރާއްޖެއިން ބޭރުން މިކަމުގެ ހާއްސަޓީމެއް ގެނެސްފައި ވާކަމުގެ މައުލޫމާތު ލިބިފައިވެއެވެ.