logoEN
WAMCO TOP 1
ކްރިމިނަލް ކޯޓަށް ގާޒީން ހޯދަނީ

ކްރިމިނަލް ކޯޓަށް ގާޒީން ހޯދަނީ

އަލްފާ އަލީ

logo

1/10/2023, 3:10:29 PM

Criminal-Court

ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމަށް ކުރިމަތި ލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ހުޅުވާލައިފިއެވެ.

THE TRAVELLER AD

ޖޭއެސްސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށައަޅާނީ އެ ކޮމިޝަންގެ "ފަހިރެސް" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 24ވަނަ ދުވަހާ ހަމައަށެވެ.

ގާޒީކަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން ފަންސަވީސް އަހަރު ފުރިފައިވާ މީހަކަށް ވާންޖެހެއެވެ. އަދި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިިގްރީ ހާސިލްކޮށްފައިވާ މީހަކަށް ވުމާއި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން 2 އަހަރު ދުވަހު ތަޖުރިބާ ހުރުމަކީވެސް މި މަޤާމަށް ކުރިތިމަތިލާ މީހެއްގެ ޝަރުތެކެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީންނަށް އަސާސީ މުސާރައާއި އެހެނިހެން އިނާޔަތަކާއި އެކު މަހެއްގެ މައްޗަށް 48300 ރުފިޔާ ލިބެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި، ފޯނު އެލަވަންސްވެސް ލިބިގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC