
White Alert
މޫސުމާބެހޭ ޤައުމީ އިދާރާއިން މެދުރާއްޖޭގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާޅު ނެރެފައިވަނީ، ޅ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް މިއަދު މެންދުރު 12 އިން ފެށިގެން މިއަދު އިރުއޮއްސި 6 ޖެހުމާ ހަމައަށެވެ.
އެއިދާރާއިން ބުނީ، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ދުވަސްވަރު ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ މުވައްސަސާތަކުން ވަނީ އެދިލައްވާފައެވެ.