logoEN
ޕީއެންސީ 2
ކަރަންޓް ވިއުގަ އަޕްގްރޭޑްކުރާތީ މާލޭގެ ބައެއް ސަރަޙައްދުތަކުން މިއަދު ކަރަންޓް ކެނޑިދާނެ

ކަރަންޓް ވިއުގަ އަޕްގްރޭޑްކުރާތީ މާލޭގެ ބައެއް ސަރަޙައްދުތަކުން މިއަދު ކަރަންޓް ކެނޑިދާނެ

އައިޝަތު އިފާޝާ

logo

1/7/2023, 6:15:35 AM

big_ct6bXd3jYGBQwOe

ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތެއް ކުރާތީ، މާލޭގެ ބައެއް ސަރަޙައްދުތަކުން މިއަދު ހެނދުނު ކަރަންޓް ކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ޝަރީ 2024

ސްޓެލްކޯއިން ވިދާޅުވީ، އެކުންފުނިން މާލޭ ސަރަޙައްދުގައި ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް މާދަމާ ހެނދުނު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި މަސައްކަތް މިއަދު ހެނދުނު 8 އިން 11 އަށް ކުރިއަށްދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި މާލޭގެ އެކި ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

އެގޮތުން މައްޗަންގޮޅީގެ އަމީނީމަގާއި، ބުރުޒުމަގު އަދި އާމިނަ ރަނި ހިނގުމާއި، ރަށްދެބައި ހިނގުމުގެ އިތުރުން، ލޮނުޒިޔާރަތް މަގާއި، ސިއްތި މާވާ ހިނގުމުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް މާދަމާ ހެނދުނު ކުރަމުންދާއިރު، ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެތީ، އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ