ގދ ތިނަދޫއިން ނެގި ރެންޑަމް ސާމްޕަލެއް ކޮވިޑަށް ފައްސިވެއްޖެ އެވެ.
ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި ފައްސި ވެފައިވަނީ ތިނަދޫގައި ކޮވިޑް-19 ވައިރަސް ފެތުރިފައިވާމިންވަރު ދެނެގަތުމަށްޓަކައި ނެގުނު ރެންޑަމް ސާމްޕަލެކެވެ. ފައްސިވެފައި ވަނީ މިމަހުގެ 7 ވަނަ ދުވަހު ނެގުނު ރެންޑަމް ސާމްޕަލެކެވެ.
އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަރަންޓީން އުސޫލްތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހޮސްޕިޓަލުން އިލްތިމާސްކުރެއެވެ. އަދި ރޯގާގެ އެއްވެސްއަލާމާތެއް ފާހަގަ ކުރެވޭނަމަ ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ހޮޓްލައިން ނަންބަރ 7934641 އާއި ހިއްސާކުރައްވަން އެހޮސްޕިޓަލުން އެދެއެވެ.
މި ކޭސްއާއި އެކު ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 2 ކެވެ. ތިނަދޫ އިން މީގެ ދެދުވަސް ކުރިން ވަނީ އިތުރު ކޭސްއެއް ފެނިފައި އެވެ. ފުރަތަމަ ތިނަދޫއިންފައްސިވި މީހާއަކީ އައްޑޫ ސިޓީއިން ކޮވިޑް19އަށް ފައްސިވި ފަރާތަކާ ޑައިރެކްޓް ކޮންޓެކްޓްވި މީހެއްކަމަށްވެސް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުންވަނީ ބުނެފައެވެ.
ތިނަދޫ ވަނީ އިއްޔެ މޮނީޓަރިންގ ހާލަތަށް ގެނެސްފައި އެވެ.