
flirt-1-tease-today-160706 copy
މީހެއްގެ ކިބައިގައި އެހެން މީހުން އަޅައިގަންނަ ސިފަތަކަކީ ކޮބައިކަން އެނގޭހެއްޔެވެ. ކޮންމެ އިންސާނަކީވެސް އެންމެ ފުރިހަމައަށް ހައްދަވާފައިވާ މީހެއްކަމީ ޝައްކުކުރަން ޖެހޭ ކަމެއް ނޫނެވެ.

އެހެން ނަމަވެސް، ރީތިި މީހުންގެ ކިބައިގައި ހުންނަ ބައެއް ސިފަތައް އެބަހުއްޓެވެ. އެއީ ތިބާ އުންމީދުކުރާ ސިފަތަކެއް ނޫންކަމަށްވެސް ވެދާނެއެވެ. އެގޮތުން މިދަންނަވާ 13 ކަންތައްތަކަކީ އެމީހަކީ "ހޮޓް" ކަމަށް ބެލެވޭ ސިފަތަކެކެވެ. މީގެތެރެއިން ސިފަތަކެއް ތިބާގެ ގައިގައި ހުންނަނަމަ ތިބާއަކީ "ހޮޓް" މީހެކެވެ.
ތިބާއަކީ އާންމު ސިފަތަކެއް ހުންނަ މީހަކަށްވުން
އާންމު ސިފަތަކެއް ހުންނަ މީހަކަށް ވުމީ، މާ ބޮޑަށް މީހާ ރީތިވުމަށްވުރެ ގިނަ މީހުންްނަށް ކަމުދާ ސިފައެއް ކަމަށް ދިރާސާތަކުން ދައްކައެވެެ. މިކަމާ މެދު ވިސްނާލުމުން މިކަން އެނގެއެވެ. އާންމު ސިފަތަކެއް ހުންނަ މީހަކީ ހާސިލުކުރުމަށް ފަސޭހަ މީހަކަށްވެއެވެ. އެމީހަކީ ފަސޭހައިން ދަމައިގަނެވޭނެ ގޮތްތަކެއް ހުންނަ މީހެއްކަން އަހަރުމެންނަށް ވިސްނެއެެވެ. މާބޮޑަށް ރީތި މީހަކަށްވުރެ އާދައިގެ ސިފަތަކެއް ހުންނަ މީހަކީ މާ ގިނަ ބަޔަކު ގަޔާނުވާ މީހަކަށް ވުމުން އެމީހަކާއެކީ ދިރިއުޅުމަކީ ފަސޭހަކަމަކަށްވެގެންދެއެވެ.
ތިބާއަކީ އޯގާތެރި، ވިސްނުންތެރި މީހަކަށްވުން
ސައިންސްވެރިން ކުރި ދިރާސާއެއްގައި ވަނީ އެކުވެރިއެއްގެ ކިބައިން އެންމެ ބޮޑަށް ބޭނުންވަނީ ކޮންކަހަލަ ކަންތައްތަކެއްތޯ ސުވާލުކޮށްފައެވެ.
ގިނަ ބައެއްގެ ޖަވާބަކީ، މުއްސަނދި އަދި ރީތިކަމެއް ނޫނެވެ. ލިސްޓުގެ އެންމެ ކުރީގައި އޮތީ "އޯގާތެރި އަދި ވިސްނުން" އަދި އޭގެ ފަހުން "ހިތްގައިމު ޝަހުސިއްޔަތެއް" އަދި ދެން "އިންޓެލިޖެންޓް" އެވެ.
އަންހެނުންނަށްވުރެ ފިރިހެނުން ސިފަތަކުގެ އަގު ވަޒަންކުރާއިރު، ފިރިހެނުންނަށްވުރެ އަންހެނުން މުއްސަނދިކަމުގެ އަގު ވަޒަންކުރެއެވެ. އެކަމަކު ފައިސާވެސް އަދި ރީތިކަމެއްވެސް ގަދަ ހަތަރެއްގައި ހިމެނިފައެއް ނުވެއެވެ.
ތިބާ ވާހަކަ ދައްްކާ ރާގު
ނޭވާލާއިރު ދުވާ ނުބައިވަސް ފަދައިން، އަޑުއަހަން ހުތުރު އަޑެއް ތިބާގެ ކިބައިގައި ހުންނަ ނަމަ ހިނދުކޮޅެއްގެ ތެރޭގައި ތިބާގެ ރީތިކަން އަނެކާ ކުރިމަތީ ގެއްލިގެންދެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ގިނަ ފިރިހެނުން އިސްކަން ދެނީ ތަންކޮޅެއް ބާރަށް ވާހަކަދައްކާ ކުދިންނަށެވެ. އަދި ގިނަ އަންހެނުން އިސްކަން ދެނީ މަޑުމައިތިރި ރާގަކަށް ވާހަކަ ދައްކާ މީހުންނަށެވެ.
ތިބާގެ ގައިން މީރުވަސްދުވުން
ގައިން މީރު ވަސް ދުވުމަކީ ބައިވެރިއެއްގެ ކިބައިން ހިތްގައިމުކަމަށް ފެންނަ ކޮންމެހެން ހުންްނަން ޖެހޭ ސިފައެކެވެ. ކޮންމެ މީހަކަށްވެސް މީރުވަސް ދުވާނީ ތަފާތު އެއްޗެހިންނެވެ. ތިބާއަށް ކިތަންމެ މީރުވަސްދުވާ ސެންޓެއް ޖަހައިގެން ހުރި ނަމަވެސް އެއީ އަނެކާއަށް އެހާ މީރުވަސް ދުވާ ސެންޓަކަށް ނުވެދާނެއެވެ.
ގިނައިން ހިނިތުންވުން
ހިނިތުން ވުމަކީ އޭގެ ބަދަލުގައި ހިނިތުންވުން ލިބޭނެ ކަމެއް ކަމަށް އުންމީދ ނުކުރާށެވެ. އެހެން ނަމަވެސް ތިބާ އަކީ ހިނިތުންވެފައި ހުންނަ މީހެއް ނަމަ އެހެން މީހުން ތިބާއާ ދޭތެރޭ ދެކޭގޮތް ތަފާތުވެއެވެ.
ދިރާސާތަކުން ސާބިތުވާ ގޮތުގައި ހިތްގައިމުކަން އިވެލުއޭޓް ކުރުމުގައި ހިނިތުންވުންް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާ ކަމަށެވެ. މިއީ ދެ ޖިންސުގެ މީހުންނަށް ވެސް އަދި ވަކިން ހާއްސަކޮށް އަންހެނުންނަށް ބޮޑަށް މަސައްކަތް ކުރާ ކަމެކެވެ.
ބޮޑު އަނގަޔަކާއި ބޮޑު ދެލޯ ހުރުން
ލޯ ބޮޑުވެގެން ރީތި ވަނީ ހަމަ އެކަނި ތުއްތު ކުދިންނެއް ނޫނެވެ. ބޮޑެތި މީހުންވެސް ލޯ ބޮޑު ނަމަ ރީތިކަމަށް ދައްކައެވެ. އަދި ތުނި ތުންފަތަކަށށްވުރެ ބޮޑަށް ބޮޑުކޮށް ތިބާގެ ތުންފަތް ހުންނަ ނަމަ އެހެން މީހުންނަށް އެކަން ބޮޑަށް ކަމުދާކަން ދިރާސާތަކުން ދައްކައެވެ.
ތިބާއަކީ އަމިއްލަ ނަފްސަށް އަޅާލާ މީހަކަށްވުން
ރީތި ހަށިގަނޑެއް ތިބާގެ ކިބައިގައިި ހުންނަ ނަމަ ގިނަ ބަޔަކަށް އެއީ ވަރަށް ކަމުދާ ސިފައެކެވެ. ހަށިގަނޑު ރަގަޅު ބައްޓަމެއްގައި ބެހެއްޓުމަށް ކަސްރަތުކޮށް އުޅޭ އަަންހެނުންނާއި ފިރިހެނުންނަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލުބައެކެވެ.
މީގެ އިތުރުންވެސް "އެޓްރެކްޓިވް" މީހެއްކަން ހާމަވާ ބައެއް ކަންތައްތައް ހުރެއެެވެ. އޭގެ ތެރޭގައި ތިބާގެ ހިނގުމާއި، ހިނގާއިރު ފޫކޮޅު ބޭރަށް ނެރެފައި ހުރުމާއި (އަންހެން ކުދިން)، އުސް ފައިވާނަށް އަރައިގެން ހުރުން ފަދަ ކަންކަން ހިމެނެއެވެ.