logoEN
cocacola
ޑިސެމްބަރު މަހު އެންމެ ބޮޑު ސާވިސް ޗާޖް ދިން ރިސޯޓަކަށް ވެލާ

ޑިސެމްބަރު މަހު އެންމެ ބޮޑު ސާވިސް ޗާޖް ދިން ރިސޯޓަކަށް ވެލާ

އައިޝަތު އިފާޝާ

logo

1/4/2023, 7:00:00 AM

childfriendly-maldives-1024x722

ޑިސެމްބަރު މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ލިބިފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑްގެ މުވައްޒަފުންނަށް ކަމަށް ރިސޯޓް ވޯކާސް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.

ގޮސިޔާ

'ރިސޯޓް ވޯކާސް މޯލްޑިވްސް' ފޭސްބުކް ޕޭޖުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެ ރިސޯޓުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 25،000 ރުފިޔާ ލިބިފައިވެއެވެ. އެއީ 1645 ޑޮލަރެވެ.

އެންމެ މަތިން ސާވިސް ޗާޖު ދީފައިވާ ދެވަނަ ރިސޯޓަކީ ދި ރިޓްޒް ކާލްޓަންއެވެ. އެރިސޯޓުން ވަނީ، ސަރވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށްް 1599.61 ޑޮލަރު ދީފައެވެ.

3 ވަނަ އަށް އެންމެ ގިނައިން ޑިސެމްބަރު މަހު މުވައްޒަފުންނަށް ސާވިސް ޗާޖު ދީފައިވަނީ ޝަވަލް ބްލޯންކް ރަންދެލި ރިސޯޓުންނެވެ. އެރިސޯޓުން ވަނީ، ސާވިސް ޗާޖުގެ ގޮތުގައި 1،582.28 ޑޮލަރު ދީފައެވެ.

ސާވިސް ޗާޖު ނުދޭކަމުގެ ޝަކުވާތައް ގިނަވެ މިސަރުކާރުން ވަނީ ވަޒީފާ އާއި ބެހޭ ގާނޫނަށް އިސްލާހު ގެނެސް ސާވިސް ޗާޖުގެ ގޮތުގައި ނަގާ އަދަދުގެ މަދުވެގެން 10 އިންސައްތަ މުވައްޒަފުންގެ މެދުގައި ބެހުމަށް ލާޒިމްކޮށްފަ އެވެ.

އެހެންނަމަވެސް އަދިވެސް ސާވިސް ޗާޖު ނުދޭކަމުގެ ޝަކުވާތައް ބައެއް ރިސޯޓުތަކުގެ މުވައްޒަފުން ކުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ