ބީއެމްއެލްގެ ކާޑުތަކުން ކުރާ ވިޔަފާރިތަކަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް!

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޭޝް ކާޑުތަކުން ކުރާ ވިޔަފާރި ކޮށްގެން ޑިސްކައުންޓް ހޯދޭ ޕްރޮޮމޯޝަނެއް އެކުންފުނިން ފަށައިފި އެވެ.

މި ޕްރޮމާޝަނާއި އެކު ބީއެމްއެލްއިން ވަނީ އުކުންފުނީގެ "އޮފަރސް" ޕޯޓަލް ވެސް ތައާރަފްކޮށްފައިއެވެ. ޕްރޮމޯޝަންގައި ޑީސްކައުންޓް ލިބޭނީ "އޮފާސް" ޕޯޓަލްގައި ލިސްޓު ކޮށްފައިވާ ފިހާރަތަކުން ވިޔަފާރި ކުރުމުން ކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ. ލިސްޓު ކޮށްފައިވާ ވިޔަފާރިތަކުގެ ތެރޭގައި ރީޓެއިލް ފިހާރަތަކާއި ފަރުނީޗަރު، ރެސްޓޯރަންޓު އަދި ކޮސްމެޓިކްސް ފިހާރަތަކާއި ހެދުން ވިއްކާ ފިހާރަތަކުގެ އިތުރުން އެހެން ގިނަ ފިހާރަތަކެއް ހިމެނެ އެވެ.

މި ޕްރޮމޯޝަންގައި މާޗެންޓުންނާ ގުޅިގެން ބީއެމްއެލް ކާޑުތައް ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

ބީއެމްއެލްއިން އަންނަނީ ރާއްޖޭގައި މާސްޓަރކާޑް ، ވިސާކާޑް އަދި އެމެރިކަން އެކްސްޕްރެސްގެ ހިދުމަށް ދެމުންނެވެ.

ބީއެމްއެލް އޮފަރސް: https://offers.merchants.bankofmaldives.com.mv/

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް