logoEN
ކޮކާކޯލާ
މުޒާހަރާކުރި މައްސަލާގައި އަދުރޭގެ މައްޗަށް ދަތުރުފަތުރަށް ހުރަސް އެޅުމުގެ ތުހުމަތު

މުޒާހަރާކުރި މައްސަލާގައި އަދުރޭގެ މައްޗަށް ދަތުރުފަތުރަށް ހުރަސް އެޅުމުގެ ތުހުމަތު

އަހުމަދު ޝުރާއު

logo

2/8/2021, 10:44:56 AM

Capture-44

އިދިކޮޅު ކޯލިޝަނުން ދާދި ފަހުން އިންޑިއާއިން ހަދިޔާކުރި ކޮވިޝިލްޑް ވެކްސިން ޖެހުމާއި ދެކޮޅަށް ކުރި މުޒާހަރާއާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް ތިން ތުހުމަތެއް ފުލުހުން ކޮށްފި އެވެ.

އަބުޅޯ

މިދިޔަ މަހުގެ 27 ވަނަ ދުވަހު އިދިކޮޅުން ކުރި މުޒާހަރާއާއި ގުޅިގެން އަދުރޭގެ ބަޔާނެއް ނެޤުމަށް ވަނީ ފުލުހަށް ހާޒިރުކޮށްފައިއެވެ. މިމުޒާހަރާގެ ތެރެއިން އަދުރޭ ހައްޔަރުކުރި ނަމަވެސް ބަންދު ޖެހުމަށް ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ އޭ ޝަރުތުތަކާއި އެކު ދޫކޮށްލާފައިއެވެ.

ފުލުހުންނަށް ބަޔާން ދެއްވުމަށް ފަހު ނުކުމެވަޑައިގެން އެސަރަހައްދުގައި ތިބި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ އޭނާގެ މައްޗަށް ފުލުހުން ކުރަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތާއި ފުލުހުން ބަންދު ކޮށްފައިވާ ސަރަހައްދަށް ވަނުމުގެ ތުހުމަތުގެ އިތުރުން އާންމު ދަތުރުފަތުރަށް ހުރަސް އެޅޭ ގޮތަށް މަގުމަތީގައި އިށީނދެ ތިބެގެން މުޒާހަރާ ކުރުމުގެ ތުހުމަތު ކަމަށެވެ. އެހެންނަމަވެސް އަދުރޭ ވަނީ ފުލުހުން ކޮށްފައިވާ ތުހުމަތުތަކަކީ ހަގީގަތާ ޚިލާފު ތުހުމަތުތަކެއް ކަމަށް ބުނެފައިއެވެ.

ދަރުބާރުގެ ކައިރީގައި މުޒާހަރާ ނުކުރެވޭނެ ކަމަށް ފުލުހުން އެދުވަހު ބުނެފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ އެއްވެސް ޤާނޫނީ އިންޒާރެއް ދިނުމަކާއި ނުލައި ކަމަށާއި އެ ތަނަށް އެއްވެ ތިބި ތިބުމުގައި އެ ތަނުން ދުރަށް ދާކަށް ފުލުހުން އެއްވެސް ވަސީލަތެއް ބޭނުން ކޮށްގެން ގޮވައެއް ނުލާ ކަމަށްވެސް ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ މި ސަރުކާރު ފެއިލް ވެފައި ވާތީ ކޮށްފައިވާ ތުހުމަތު ތަކެއް ކަމަށާއި ކޮވިޑް-19 ގެ ހާލަތު ނެތް ނަމަ، މި ސަރުކާރު މިހާރު އިސްތިއުފާ ދީފައިވާނެ ކަމަށެވެ. އަދި ސަރުކާރުން ބިރު ގަންނަނީ އިދިކޮޅުން މަގުތަކަށް ނުކުމެ އިންސާފު ހޯދައި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން މުޒާހަރާކުރާތީ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން އަންނަނީ މިހާރު މާލޭގެ މަގުތަކުގައި ސިލްސިލާ މުޒާހަރާތަށް ކުރަމުންނެވެ. އެގޮތުން މި މުޒާހަރާތަކުގައި ރައީސް ސޯޯލިހްގެ ސަރުކާރާށް ވަރަށް ބޮޑަށް ފާޑުކިޔައި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ދޫކޮށްލުމަށް އަންނަނީ ގޮވާލަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ