logoEN
ކޮކާކޯލާ
މަރުވެފައި އޮތް އިންސާނެއްގެ ހަށިގަނޑު އޮޔާދަނިކޮށް ފެނިއްޖެ

މަރުވެފައި އޮތް އިންސާނެއްގެ ހަށިގަނޑު އޮޔާދަނިކޮށް ފެނިއްޖެ

އަޙްމަދު ޖަމީލު

logo

1/2/2023, 11:35:55 AM

DE69978D-1E67-4611-87B2-62E6AD92D4A0

މަރުވެފައި އޮތް އިންސާނެއްގެ ހަށިގަނޑު ކަނޑުމަތިން އޮޔާދަނިކޮށް ފެނިއްޖެއެވެ.

އަބުޅޯ

މި މީހާގެ ހަށިގަނޑު ފެނިފައިވަނީ، ވ.އަތޮޅު ކަނޑުތެރެއިންނެވެ.

މިކަން ފުލުހުންވަނީ ކަށަވަރު ކޮށްދީފައެވެ، ފުލުހުން ވިދާޅުވީ ވ.އަތޮޅު ވެމްޕަރުފަޅު ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑު ފެނިގެން މިއަދު 9:03 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ހަށިގަނޑު މިހާރު ފުލުހުންގެ ލޯންޗަށް ނަގާފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މަރުވެފައި އޮތް މީހަކު ކަނޑުތެރެއިން ފެނިފައިވާއިރު، ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ވިލިމާލެ ފުރައިގެން ދަތުރުކުރަނިކޮށް ގެެއްލުނު ދެމީހުން އަދިވެސް ނުފެނެއެވެ. ނަމަވެސް އެމީހުން ދަތުރު ކުރި ބޯޓު ވަނީ ފެނިފައެވެ.

މި ބޯޓު ފެނިފައިވަނީ ޑިސެމްބަރު 29 ވަނަ ދުވަހުގެރޭ، އެއަރޕޯޓް ނެރު ކައިރިން އޮޔާދަނިކޮށް ކަމުގައި ފުލުހުން ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ