
ކޮންމެހެން ދާން ނުޖެހޭނަމަ ކާޑެއްދޫ އެއާޕޯޓަށް ނުދިއުމަށް އެދިއްޖެ
DSC_3486
ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެއާޕޯޓަށް ނުދިއުމަށް ކާޑެއްދޫ އެއާޕޯޓުގެ މެނޭޖްމެންޓުން އިލްތިމާސްކޮށްފި އެވެ.

މިއަދު ކާޑެއްދޫ އެއާޕޯޓުގެ މެނޭޖްމެންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ވަކިގޮތިގެއް އެއާޕޯޓުން އަންގަންދެން ، ފުރުމަށް ހުރިހާ ކަމެއް ހަމަޖެހިގެން ލިޔުން ހޯދަންޖެހޭ ހުރިހާ ހުއްދައެއް ހޯދައިގެން އެއާޕޯޓަށް އަންނަ ފަތުރުވެރިންނާއި ދަތުރުވެރިން ފިޔަވައި އިތުރު ބަޔަކު އެއާޕޯޓަށް ނޭރުމަކީ އެއާޕޯޓަށް ނޭރުމަކީ އެއާޕޯޓުގެ ހިދުމަތްހޯދާ ފަރާތްތަކާއި އެއާޕޯޓުގައި މުވައްޒިފުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި ރައްކާތެރިކަމެއް ލިބޭނެކަމެއް ކަމަށެވެ.
އެއާޕޯޯޓުގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ފުރަން އަންނަ ޕަސެންޖަރުންނާއި ފަތުރުވެރިންނާއި އެކު ރިސޯޯޓުތަކުން އަންނަ ވަކި ޚާއްސަ ހުއްދަ އޮންނަ ހޯސްޓުން ފިޔަވައި އިތުރު އެއްވެސް ބަޔަކު ކާޑެއްދޫ އެއާޕޯޓަށް ނޭރުމަށް ވަނީ އިލްތިމާސްކޮށްފައިއެވެ. މިހާލަތުގައި އެއާޕޯޓާށް ނޭރުމަށް އިލްތިމާސްކޮށްފައިވަނީ އެއާޕޯޓަށް ދަތުރުކުރާ އުޅަދުތަކުގެ ކްރޫންނާއި ކާގޯ ފޮނުވައި އަދި ނެގުމަށް އަންނަ ފަރާތްތަކާއި ފުރާމީހުންނާއި އެކު އަންނަ ފަރާތްތަކަށެވެ.
މީގެ އިތުރުން ކާޑެއްދޫ އެއާޕޯޓުން ވަނީ އެއާޕޯޓަށް އަންނަ އިރު އެޗްޕީއޭގެ އިރުޝާދުތަކާއި އެއްގޮތަށް މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި ގިނަ ގިނައިން އަތްދޮވުމާއި އެއާޕޯޓުގައި ހޭދަކުރާ ވަގުތުގައި މީހުންނާއި ބައްދަލުކުރާ ބައްދަލުވުންތަށް މަދުކުރުމާއި އެއާޕޯޓާއި ޓާމިނަލް ސަރަހައްދުގެ ވަސޭލަތްތަށް ބޭނުން ކުރެއްވުން ވީހާވެސް މަދުކުރެއްވުމަށް ވެސް އިލްތިމާސްކުރައްވާފައިވެއެވެ. އަދި ކާޑެއްދޫ އެއާޕޯޓުގެ ފަރާތުން އެހީތެެރިކަމެއް ބޭނުންވެެއްޖެ ނަމަ އެއެއާޕޯޓުން އެެހީތެރިކަން ފޯރޮޮކޮށްދޭނެކަ
ކާޑެއްދޫ އެއާޕޯޓުން މިއަދު ބަޔާނެއް ނެރެފައިމިވަނީ ކާޑެއްދޫއިން ހިދުމަތް އެންމެ ގިނައިން ހޯދާ އެއް ރަށް ކަމުގައިވަ ގދ ތިނަދޫއިން ހޯމް ކަރަންޓީނުގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި އެކުއެވެ. '' ގާފު '' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫއިން ފައްސި ވެފައިވަނީ ކާޑެއްދޫ އެއާޕޯޓުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒިފެކެވެ.