ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ފޯރު ކޮށްދެމުން އަންނަ އުރީދޫގެ ކަސްޓަމަރުންނަށް މިރޭ ހިދުމަތް ބޭނުން ކުރުމުގައި ދަތިތަކެއް ދިމާވެދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އުރީދޫން ބުނީ، ދިމާވެފައިވާ މައްސަލައެއް ހައްލު ކުރުމަށް މެއިންޓެނަންސް މަސައްކަތެއް މިރޭ ކުރުމަށް ހަމަ ޖެހިފައިވާ ކަމަށާއި އެ މަސައްކަތް ކުރާ ވަގުތު ކަސްޓަމަރުންނަށް ހިދުމަތް ލިބުމުގައި ދަތިތަކެއް ލިބިދާނެ ކަމަށެވެ. އެގޮތުން މިރޭ ފަތިހު 03:00 އިން ހެނދުނު 06:00 އަށް ހިދުމަތްތަކަށް ބުރޭއަރާފާނެ ކަމަށް ވަނީ ބުނެފައިއެވެ.
އުރީދޫއިން ވަނީ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ. އަދި މިރޭ ކުރުމަށް ޖެހިފައިވާ މެއިންޓެނެންސް މަސައްކަތް ނިމުނުހާ އަވަހަކަށް ބުރުއަކާއި ނުލާ ހިދުމަތް ދެވޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައިއެވެ.
އޫރީދޫއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ ކުންފުންޏެވެ.