ކުރީގެ ރައީސް ޑރ ވަހީދުގެ ބައްޕާފުޅު އަވަހާރަވެއްޖެ

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ބައްޕާފުޅު ހަސަން އިބްރާހިމް މަނިކު އަވަހާރަވެއްޖެއެވެ.

ވަހީދުގެ ބައްޕާފުޅު އަވަހާރަވީ އާލާސްކަންފުޅެއްގައި އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ހަސަން އިބްރާހިމް މަނިކު އަވަހާރަވި އިރު އުމުރުފުޅަކީ 92 އަަހަރެވެ.

ރައީސް ވަހީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ބައްޕާފުޅު ވަނީ ގިނަ އަހަރުތަކެއް ވަންދެން ސަރުކާރަށް ހިދުމަތް ކުރައްވާފައެވެ. އެގޮތުން އަލްމަރުހޫމް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ސަރުކާރުގެ ޒިންމާދާރު އިސްމަގާމުތަކެއް ވަފާތެރިކަމާއި އިހުލާސްތެރިކަމާއި އެކު ފުއްރުއްވާފައިވާކަން ފާހަގަކުރެއްވިއެވެ.

އާއިލާ އިން މައުލޫމާތު ދޭ ގޮތުގައި ހަސަން މަނިކުގެ ކަށު ނަމާދު، މިއަދުގެ އަސްރު ނަމާދަށް ފަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް