
Abbas
އައްބާސް އާދިލް ރިޔާ ހައްޔަރުކޮށްފިއެވެ.

އައްބާސް އާދިލް ރިޒާ މިއަދު ހައްޔަރުކޮށްފައިވާއިރު، ދާދި ފަހުން އޭނާގެ ނަމުގައި ހިންގާ ޓްވިޓާރ އެކައުންޓަކުންވަނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލާފައެވެ.
އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ގޮވާލެއްވި މައްސަލަ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުށްވެރި ކުރައްވާފައެވެ.
އެގޮތުން އައްބާސް ކުރެއްވި ޓުވީޓަށް ރައްދު ދެއްވައި ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެކަން ކުށްވެރިކުރައްވާ ކަމަށެވެ.
މިއަދު ފުލުހުން ބުނެފައިވަނީ، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅުގެން ކޯޓު އަމުރެއްގެ ދަށުން އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އައްބާސް ގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެ އިންޒާރު ސީރިއަސްކޮށް ތަހުގީގު ކުރަމުންދާކަމަށެވެ.
ޑިޕްލޮމެންޓުންނާއި އާންމުންގެ ރައްކާތެރިކަން ގެއްލޭ ގޮތަށްދޭ އެފަދަ އިންޒާރުތައް އަޅާނުލާ ދޫކޮށްނުލާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ގުޅުންހުރި
