ދުނިޔޭގެ އެންމެ އަވަސް އިންޓަރނެޓް ސްޕީޑް ލިސްޓުގެ 117 ވަނައަށް ދިވެހިރާއްޖެ ހިމެނިއްޖެއެވެ.
ދުނިޔޭގެ ގައުމުތަކުގެ އިންޓަރނެޓް ސްޕީޑް އާންމު ކުރާ ވެބްސައިޓެއް ކަމަށްވާ "ސްޕީޑްޓެސްޓު"ން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުގެ ލިސްޓުގެ 117 ވަނައިގައި ދިވެހިރާއްޖެ ހިމެނުނީ ބްރޯޑްބޭންޑްގެ ސްޕީޑުންނެވެ. މި ލިސްޓުގެ މޯބައިލް ސްޕީޑްގެ ލިސްޓުގައި ރާއްޖެ 57 ވަނައިގައި އޮތްއިރު އެ ވެބްސައިޓުން ދައްކާ ގޮތުގައި ރާއްޖޭގެ އިންޓަނެޓް ސްޕީޑް ދަނީ ދަށްވަމުންނެވެ.
ރާއްޖޭގެ ބްރޯޑްބޭންޑް ސްޕީޑް އާންމުކޮށް ހުނަނީ 21.56 އެމްބީޕީއެސް ކަމަށް އެ ސްޕީޑްޓެސްޓުގައި ބުނެފައިވެއެވެ. ޖުމްލަ 175 ގައުމެއްގެ ސްޕީޑް އާންމު ކޮށްފައި ވާ މި ވެބްސައިޓުގެ އެއްވަނައިގައި އޮތް ސިންގަޕޯރ އެވެ. އެގައުމުގެ ބްރޯޑްބޭންޑް އިންޓަރނެޓް ސްޕީޑަކީ 226.60 އެމްބީޕީއެސް އެވެ.
އެ ލިސްޓުގައި ހިމެނުނު ގައުމުތަކުގެ ތެރެއިން މޯބައިލް އިންޓަނެޓް ސްޕީޑް ލިސްޓުގެ 57 ވަނައިގައި ރާއްޖެ ހިމެނުނީ އާންމުކޮށް ރާއްޖޭގެ މޯބައިލް އިންޓަރނެޓް ސްޕީޑް ހުންނަނީ 35.70 އެމްބީޕީއެސްގައި ކަމަށް ވާތީއެވެ.
ރާއްޖޭގެ އިންޓަރނެޓް ސްޕީޑާމެދު ގިނަ ދިވެހިންވެސް މީސްމީޑިއާގައި އަބަދުމެ އެވާހަކަ ދައްކާ ނުރުހުން ފާޅު ކުރެއެވެ. މިކަމަށް އަދި އެންމެ އެދެވޭ ހައްލެއް ލިބިފައި ނެތްއިރު ރާއްޖޭގެ އިންޓަނެޓްގެ އަގުހެޔޮ ކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި އެ މަސައްކަތް ކުރަމުންދާ ވަހަކަ ވެސް އަޑުއިވެއެވެ. ނަމަވެސް އެކަމުގައި އެދެވޭ ކުރިއެރުމެއް ލިބޭ ތަނެއް ފެނިގެނެއް ނުދެއެވެ.
3 Responses
ބޮލާހަލައިކެ
ބައްލެކެ ????
އަސްލެ ގިނަ ރައްރަށަށް ފައިބޭރ ނޭޅަތީ ދޭ ދެރެއީ