logoEN
ޕީއެންސީ 2
އައްބާސް އިބްނު ފިރްނާސް: އެންމެ ފުރަތަމަ އުދުހުނު މީހާ

އައްބާސް އިބްނު ފިރްނާސް: އެންމެ ފުރަތަމަ އުދުހުނު މީހާ

އައިޝަތު އިފާޝާ

logo

12/17/2022, 9:15:29 AM

Abbas-Ibn-Firnas-lo-scienziato-che-compi-il-primo-volo-nel-Medioevo-CaffeBook

އޭވިއޭޝަން ދާއިރާގެ ތާރީޚް ދަންނަ މީހުންނަށް އެނގޭ ގޮތުގައި އިންސާނުން އެންމެ ފުރަތަމަ އުދުހުމުގެ މަސައްކަތް ފެށީ 5 ވަނަ ގަރުނުގައި ކައިޓް އުފެއްދުމަށް ފަހު ޗައިނާއިންނެވެ. އަދި 15 ވަނަ ގަރުނުގެ ފަހު ކުއާޓަރުގައި އެންމެ ފުރަތަމަ ހަގީގީ ފްލައިޓް ސްޓަޑީތައް ހެދި ލިއޮނާޑޯ ޑަ ވިންޗީ ކަން ވެސް ގިނަ ބަޔަކަށް އެނގެ އެވެ.

ޝަރީ 2024

އޭވިއޭޝަން ތާރީޚަށް ބަލާއިރު ގާތްގަނޑަކަށް ހުރިހާ އިންސާނުންވެސް ކޮންމެވެސް ގޮތަކުން ޓިޓޯ ލިވިއޯ ބުރަޓީނީ، ފްރެންޗެސްކޯ ޓާޒީ، މޮންޓްގޯލްފިއާ ބްރަދާސް، އަލްބާޓޯ ސަންޓޯސް-ޑުމޮންޓް އަދި ހަމަ ޔަގީނުންވެސް ރައިޓް ބްރަދާސްގެ ނަންތައް އަޑުއަހާފައިވާނެއެވެ.

އެހެން ނަމަވެސް އެންމެ ފުރަތަމަ އުދުހުނު އިންސާނަކީ ކާކުކަން އެނގޭހެއްޔެވެ؟ އެއީ ނުވަވަނަ ޤަރުނުގެ މުސްލިން ޕޮލިމަތު، އުފެއްދުންތެރިޔާ، ފިޒިޝަން އަދި އިންޖިނިއަރުކަން އަޑުއިވިފައިވޭޭހެއްޔެވެ؟

އަބޫއަލްޤާސިމް ޢައްބާސް އިބްނު ފިރުނާސް އިބްނު ވިރްދާސް އަލް ތަކުރީން މަޝްހޫރުވެފައިވަނީ، ޢައްބާސް އިބްނު ފިރްނާސްގެ ނަމުންނެވެެ. އޭޭނާއަކީ އަންދަލުސީ ދަރިކޮޅުގެ ބޭފުޅެކެވެ. ނަން "އަފަރްނާސް" މިއަދުގެ މޮރޮކޯ އާއި އަލްޖީރިއާގައި މިހާރު ވަރަށް ފުޅާދާއިރާއެއްގައި ފެތުރެމުން އަންނަ ނަމެކެވެ.

undefined

ގިނަ ބަޔަކަށް ނޭނގުނު ނަމަވެެސް މިހާރުވެސް ބައެއް އެއާޕޯޓުތަކާއި ބްރިޖުތަކުގައި އޭނާގެ ނަން އޮވެއެވެ. އޭނާ ރަމްޒުކޮށްދޭ ބުދެެއް ބަޢުދާދު އެއާޕޯޓު ކައިރީގައި ހުންނައިރު، ސްޕެއިންގެ ކޯޑޯބާގާ ގުުއާޑަލްކުއިވީރު ކޯރުގެ މައްޗަށް އަޅާފައިވާ ބްރިޖަކަށްވެސް އޭނާގެ ނަމުން ނަން ދީފައިވެއެވެެ. އޭޭގެ އިތުރުން އޭނާގެ ނަމުން ނަން ދީފައިވާ ވަޅުގަނޑެއް ހަނދުގައި ވެއެވެ.

undefined

އުދުހުމުގެ އިތުރުން އެތަށްް ގިނަ ކަންތައްތަކަކުން މަޝްހޫރު އައްބާސް އިބްން ފިރްނާސް އާ ބެހޭ ބައެއް ކަންތައްތައް މިވަނީއެވެ.

ޢައްބާސް އިބްނު ފިރްނާސް އުފަންވެވަޑައިގަތީ ނުވަވަނަ ޤަރުނުގައި، 810 ވަނަ އަހަރު، ސްޕެއިންގެ މިހާރުގެ ރޮންޑާ، އިޒްން-ރަންދް-އޮންޑާ އަލް އަންދަލުސްގައެވެ. އޭނާގެ ކުޑައިރުގެ ތަފްސީލީ މައުލޫމާތެއް ލިބިފައި ނުވި ނަމަވެސް އޭނާއަކީ ކުޅޭ އެއްޗެހި ފަދަ އެއްޗެހި ވަކިކޮށް ތަކުރާރުކޮށް އެސެމްބްލްކޮށް އުޅުނު ހަގީގީ ޕްރޮޑްނޯޒްއެއްކަން އެނގެ އެވެ.

މިއަދުގެ ޖިބްރޯލްޓާ، މޮރޮކޯ، ޕޯޗުގަލް އަދި ސްޕެއިން ހިމެނޭ ގްރޭޓާ ކޯޑޯބާ އެމިރޭޓްސްގެ އެތެރޭގައި އޮންނަ ސިޓީއެއް ކަމަށްވާ ކޯޑޯބާގައި އޭނާގެ ޒުވާން އުމުރު ހޭދަކުރެއްވި އިރު، ބަޣުދާދާއެކު އޭރު އިސްލާމީ ދުނިޔޭގައި އުނގެނުމުގެ އެންމެ ބޮޑު ހަބްތަކާއި ތަންތަނުގެ ތެރޭގައި އޭޭނާގެ ޒުވާން އުމުރު އުޅެފައިވެއެވެ.

އެހެންކަމުން ޢައްބާސް އިބްނު ފިރުނަސްއަށް މެޑިސިން އާއި އެސްޓްރޮލޮޖީފަދަ ތަފާތު ދާއިރާތަކުން ފުޅާ ދާއިރާއެއްގައި ތަޢުލީމެއް ޙާޞިލުކުރެއްވުމުގެ ނަސީބު ލިބިވަޑައިގެންނެވިއެވެ. އެހެން ނަމަވެސް، އޭނާއަށް އެންމެ ބޮޑު ޝައުގުވެރިކަމެއް އުފެދުނީ އިންޖިނިއަރިންގގެ ދާއިރާއިންނެވެ. އޭގެ އިތުރުން ކްލެސިކަލް މިއުޒިކަށް އެޑިކްޓްވެ ޅެންވެރިކަމަށް ޝައުގުވެރިކަން އުފެދުނެވެ.

ތަޢުލީމުގެ މި ޢިލްމީ އަދި ފިއުޗަރިސްޓިކް ކޮމްބިނޭޝަނާއެކު، ޙަޤީޤީ ޕޮލިމަތެއް، ބުއްދިވެރި، އިންޖިނިއަރެއް، އަދި ޅެންވެރިއެއްގެ ގޮތުގައި ދެނެގަނެވެން ފެށުމުން، އޭނާއަށް "އަލް އަންދަލުސްގެ ހަކީމް" އޭ ކިޔަން ފެށުމަށް މީހުންނަށް މަޖުބޫރުވިއެވެ.

އޭނާ ހޯދި ކާމިޔާބީތަކުގެ ސަބަބުން، މިހާ ވަރުގަދަ ލަޤަބެއް އޭނާއަށް ޙައްޤުވެގެން ދިޔަގޮތް:

އޭނާ [އައްބާސް އިބްނު ފިރްނާސް] ގާތްގަނޑަކަށް 65-70 އަހަރާ ދެމެދުގެ އުމުރެއްގައި، ތާރީޚީ އިލްމުވެރިން ވިދާޅުވާ ގޮތުގައި، ސިލްކާއި ލަކުޑި އަދި ދޫނި ފިޔަތަކުން ހަދާފައިވާ ފިޔަގަނޑުގެ އެހީގައި ޔަމަނުގެ ޖަބަލް އަލް އަރަސް ފަރުބަދައިން ފުންމާލިއެވެ. ވައިގެ ތެރޭގައި، އޭގެ އެހީގައި އޭޭނާއަށް 10 މިނެޓަށް ވުރެ ގިނަ އިރު އުދުހުމުގެ ފުރުސަތު ލިބުނެވެ.

އެންމެ ފުރަތަމަ މަސައްކަތުން އައްބާސް އިބްނު ފިރްނާސް އަށް އަނިޔާވެ މާޔޫސްވިއެވެ. އުދުހުމުގެ އުންމީދު ޙާޞިލުކުރި ނަމަވެސް، ލޭންޑިންގ ގެ ފަހަތުގައިވާ ލޮޖިކަށް ވިސްނާނުލެވުނެވެ. ވައިގެ ތެރޭ ގައި އޭނާގެ ބެލެންސް ނުވެ އޭނާ ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނެވެ.

ހަށިގަނޑުގެ އެކި ތަންތަނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވީ ނަމަވެސް ނާކާމިޔާބީގެ ފަހަތުގައިވާ ސަބަބު ހޯދުމުން އޭނާގެ ސިކުނޑީގައި އަދިވެސް ޝައުގުވެރިކަން އުފެދުނެވެ. މަޑުމަޑުން ލޭންޑިން ކުރެވޭނީ ޓެއިލް އާއި ވިންގްސް އާ ދެމެދު އިންޓަގްރޭޓެޑް މަސައްކަތުންކަން އޭނާއަށް އިހުސާސްވާން ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ނެގި އެވެ.

ހަގީގީ ކަންކަން ދަސްކޮށް އިލްމު އުނގެނެން ބޭނުންވާ މީހެއްނަމަ ނާކާމިޔާބީތަކުން ފިލާވަޅު ނަގައި، ބަލި ގަބޫލު ނުކުރާނެއެވެ.

އޭޭނާއަށްވެސް ވީ މިހެންނެވެ. ފްލައިޓް ކޮންޓްރޯލް ކުރުމަށް ރަޑަރެއް ފަދައިން މަސައްކަތް ކުރަން ޓެއިލްގެ ބޭނުންތެރިކަމާ މެދު އޭނާ ނިންމި ނިންމުމުގެ ސަބަބުން، އާ ތަފާތު ޑިޒައިންތަކެއް އޭނާ އުފެއްދިއެވެެ.

އޭގެ ފަހުގައި އޭނާއަށް އުދުހޭގޮތް ނުވި ނަމަވެސް އޭނާގެ ފްލައިން މެޝިން ޑައިގްރާމްތަކުގެ ސަބަބުން 20 ވަނަ ގަރުނުގެ ފަހުކޮޅު އޭވިއޭޝަން އިންޖިނިއަރިންގެ މައިގަނޑު އަސާސްތައް އުފެދުނެވެ.

undefined

އެސްޓްރޮނޮމީގެ ރޮނގުން އޭނާ ފަރުމާކުރެއްވީ މެކޭނިޒަޑް ޕްލެނެޓޭރިއަމްއެއްގައި އެކަތި އަނެކައްޗާ ގުޅުވައިގެން ހިނގަމުން ދިޔަ ރިވޮލްވިން ޕްލެނެޓްތަކެވެ. އައްބާސް އިބްނު ފިރްނާސް ވަނީ ވެއްޔާއި ކުއާޓްޒް ކްރިސްޓަލްގެ ބާވަތްތައް ދެނެގަތުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ.

މިތަކެތި ޓްރާންސްޕޭރެންޓް ބިއްލޫރިތަކަކަށް ބަދަލުކޮށް، އެތަކެތި އުފެއްދުމުގައި އޭނާގެ ޙިއްޞާ ވަރަށް ގިނަ ތާރީޚީ ޢިލްމުވެރިން ޤަބޫލުކުރައްވާފައިވާއިރު، އެކަމުގެ ސަބަބުން މިއަދުވެސް ބޭނުންކުރަމުން އަންނަ އަންދަލުސުގެ ބިއްލޫރިތަކުގެ ބިންގާ އެޅުއްވިއެވެ.

ބިއްލޫރިއަށް އޭޭނާއަށް އުފެދުނު ޝައުގެއްގެ ސަބަބުން ލޮލުގެ ފެނުމުގައި މަައްސަލަ ހުންނަ މީހުންނަށް ލެންސްތައް އުފައްދައި ޑިޒައިން ކުރަން ވެސް އޭނާ މަސައްކަތް ކުރި އެވެ. އޭނާ އެެންމެ ފުރަތަމަ އައިނެއް ހެދީ އަމިއްލައަށް ބޭނުން ކުރުމަށެެވެެ.

އޭނާ ވަނީ ވަގުތު ބެލެހެއްޓުމުގެ މަގްސަދުގައި "އަލް މުޤަތާ" ގެ ނަމުގައި ގަޑިއެއް ވެސް ފަރުމާކުރައްވާފައެެވެ. މީގެ އިތުރުން އިންޖިނިއަރިން، އެސްޓްރޮނޮމީ، މެތަމެޓިކްސް އަދި ފިޒިކްސްއާ ބެހޭ ގޮތުން އިބްނު ފިރުނާސް ވަނީ ގިނަ ފޮތްތަކެއް ވެސް ލިޔުއްވާފަ އެވެ.

އޭނާ ނިޔާވީ 890 ވަނަ އަހަރުގެ ތެރޭގައެވެ. ތާރީޚީ ގިނަ އިލްމުުވެެރިން ގަބޫލުކުރާ ގޮތުގައި އޭނާ ނިޔާވީ އުދުހެން ކުރި މަސައްކަތުގެ ތެރޭގައި ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ