logoEN
ޕީއެންސީ 2
ޓްރަމްޕަށް ޔޫއެސް އިންޓެލް މަޢުލޫމާތު ލިބިގެންނުވާނެ : ބައިޑެން

ޓްރަމްޕަށް ޔޫއެސް އިންޓެލް މަޢުލޫމާތު ލިބިގެންނުވާނެ : ބައިޑެން

president-donald-trump-official-2

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ޔޫއެސް އިންޓެލް މަޢުލޫމާތު ލިބިގެންނުވާނެކަމަށް ދާދި ފަހުން އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރެއްވި ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ޝަރީ 2024

ބައިޑެން މިހެން ވިދާޅުވީ ޓްރަމްޕަކީ ގޮތް ނޭނގޭ މީހަކަށް ވުމުންނާއި އޭނާއަކީ އެމެރިކާގެ ސަރުކާރާ ދެކޮޅަށް ނުކުމެދާނެ މީހެއް ކަމަށް ބެލެވޭތީއެވެ.

އާދަކާދައިގެމަތިން އެމެރިކާގެ ކުރީގެ ރައީސުންނަށް އިންޓެލް މަޢުލޫމާތު ފޯރުކޮށްދެއެވެ. އަދި އިންޓެލް މަޢުލޫމާތަކަށް އެދެފިނަމަ އެވެސް ފޯރުކޮށްދެއެވެ.

ބައިޑެން އިތުރަށް ވިދާޅުވީ ޓްރަމްޕަށް އިންޓެލް މައުލޫމާތު ދިނުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އަދި އޭނާއަށް އެ ސިއްރު މަޢުލޫމާތުތައް ލީކު ކޮށްލެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ. ޓްރަމްޕް ވަނީ އޭނާ ރައީސް ކަމުގައި ހުރި އިރުވެސް އައިސިސް އާ ގުޅޭ އިންޓެލް މައުލޫމާތުތަކެއް ރަޝިޔާގެ ފޮރިން މިނިސްޓަރާ ހިއްސާ ކޮށްފައެވެ.

މީގެ ކުރިން ބައިޑެން ވަނީ ޓްރަމްޕަކީ އެމެރިކާގެ ރައީސްކަމަށް ފިޓްވާ މީހެއް ނޫން ކަމުގައިވެސް ބުނެފައެވެ. އެއީ ޖެނުއަރީ 6 ވަނަ ދުވަހު ޔޫއެސް ކެޕިޓޮލްގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅުވައިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ