މިމަހުގެ 10 ވަނަ ދުވަހު ގިނަ ބަޔަކު ސިއްސުވާލީ ހދ. ނޮޅިވަރަމަށް އުފަން އެރަށު ހިތަށް ފިނިވާގެ، ނިޝާމާ މުހައްމަދު 28 ގެ މަރުގެ ހަބަރާ ގުޅިގެންްނެވެ. ނިޝާމާ މަރާލާފައި އޮއްވާ ފެނުނީ އެދުވަހުގެ މެންދުރުގެ ވަގުތެއްގައެެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންްދިޔައިރުވެސް އޮތީ މަރުވެފައެވެ.
ނިޝާމާ ހަބަރު ހުސްވެފައި އޮއްވާ ފެނުނު ގޮތް
ނިޝާމާ ދިރިއުޅޭ ކޮޓަރިއަށް އެންްމެ ފުރަތަމަ ވަތް އެކަކީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތައެވެ. އެމީހުން ކޮޓަރިއަށް ވަންނަންް ޖެހުނީ ނިޝާމާގެ ފިރިމީހާ ފޭސްބުކަށް ލާފައިވާ ފޮޓޯތަކަކާ ގުޅިގެންނެވެ. އެގޮތުން އެފޮޓޯތަކުގައި ނިޝާމާ ބުރުގާ ނާޅާ ހުރި ފޮޓޯއެއް ހުރުމުނން ވެގެން އުޅޭގޮތް ބެލުމަށް އާއިލާއިން ބޭނުންވީއެވެ.
އެގޮތުން އެމީހުން ގޮސް ކޮޓަރީގެ ތަޅުގައި ހިފިއިރު ދޮރު ހުރީ ތަނޑު އަޅުވައިފައެވެ. އެމީހުން ކޮޓަރިތެރެއަށް ވަދެފައިވަނީ ގަދަކަމުން ކޮށްޕާލުމަށްފަހުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދޮރު ހަލާކުކޮށް އެމީހުން އެތެރެއަށް ވަން އިރު ނިޝާމާ އޮތީ އެނދުމަތީގައެވެ. ކައިރީގައި ދެ އަހަރުގެ އަންްހެން ކުއްޖާ އޮތީ ބުއް ބޯން ކަމަށެވެ. އަދި ނިޝާމާގެ ހަރަކާތެއްް ނެތްކަންވެސް ކޮޓަރިއަށްް ވަން މީހުންނަށް ފާހަގަ ކުރެވިފައިވެއެވެ.
ފުލުހުންގެ އެހީތެރިކަމާއެކު ނިޝާމާ އެރަށު ހެލްތު ސެންޓަރަށް ގެންދެވުނެވެ. ނަމަވެސް ހެލްތު ސެންޓަރަށް ނިޝާމާ ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
ނިޝާމާ މަރާލީ ފިރިމީހާ ކަމަށް ދެހާހަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށުގެ ގިނަ ބަޔަކު ގަބޫލު ކުރި ނަމަވެސް ފުލުހުން މިކަމާ ބެހޭ ގޮތުން އަދި ވާހަކައެއް ދައްކާފައެއް ނުވެއެވެ. އެކަމަކު، ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މާލެ ވަނީ ފޮނުވާލައިފައެވެ.
ނިޝާމާގެ މަރުގެ ތުހުމަތު އޭނާގެ ފިރިމީހާއަށް
ނިޝާމާގެ މަރުގެ ހަބަރާ ގުޅިގެން ދެން އެންމެ ގަދައަށް ދެކެވެމުންދިޔަ ވާހަކައަކީ އޭނާގެ ގާތިލުގެ ވާހަކައެވެ. ގިނަ ބަޔަކަށް ޝޮކެއް ލިބުނީ އޭނާގެ ގާތިލަކީ އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަންފެށުމާއެކުއެވެ.
އެރަށުން ވާހަކަ ދެއްކި ގިނަ ބަޔަކު ބުނާ ގޮތުގައި، އދ. ފެންފުށީ ރައްޔިތެއް ކަމަށްވާ ފައިސަލް އަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ރެކޯޑެއް އޮންނަ މީހެކެވެ. އޭނާއާ މެދު ޝައްކު ކުރެވޭ ބައިވަރު ސަބަބުތައް އެބަހުރި ކަމަށް އެރަށު ރައްޔިތުން ބުނެއެވެ.
އެގޮތުން ނިޝާމާ މަރުވީ ފައިސަލްއާ ދެމެދު ޒުވާބެއްް ހިންގި ފަހުން ކަމަށާއި، ހަމަ އެދުވަހު ފައިސަލް އެރަށުން ފިލައިގެންް ގޮސްފައިވާ ކަމަށްް ގިނަ ބަޔަކު ބުނެއެވެ.
އާއިލާ އަދި ގިނަ ބައެއްްގެ ވާހަކަތަކުން އެނގޭ ގޮތުގައި ނިޝާމާއަށް މީގެ ކުރިންވެސް ފައިސަލް އަނިޔާކޮށްފައިވެއެވެ. އަދި ދެމީހުންގެ ދެމެދުގައި ޒުވާބު ކުރުމަކީ އާންމުކަމެކެވެ.
މަައްސަލައާއި ގުޅިގެން ފުލުހުން އެރަށަށް ދިއުމާއި ތަހުގީގު
ނިޝާމާގެ މަރުގެ މައްސަލައާއި ގުޅިގެން ތުހުމަތުގައި އޭނާގެ ފިރިމީހާ ފައިސަލްް އަލީ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބުމުންް ހަމަ އެދުވަހު އޭނާ ވަނީ އަމިއްލައަށްް ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގޮސްފައެވެ. އެއާއެކު ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން މި މަހުގެ 12 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ނިޝާމާގެ މަރާ ގުޅިގެންް ފުލުހުންގެ ހާއްސަ ޓީމެއް އެރަަށަށް 11 ވަނަ ދުވަހު ވަނީ ގޮސްފައެވެ. ފުލުހުންގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ޓީމެއްވެސް އެރަށުގައި ހަރަކާތްތެރިވާން ފެށިއެވެ. އެގޮތުން ޖެންޑާގެ ޓީމުން ވަނީ ނިޝާމާ ދިރިއުޅުނު ގެއަށް ގޮސްް އޭނާގެ ދަރިންްގެ ހާލަތު ބަލާފައެވެ.
ނިޝާމާގެ މަރާ ގުޅިގެން ސުވާލު އުފެދޭ އެތައް ކަމެއް ފާހަގަވެފައިވާއިރު، ފުލުހުން މީގެ ކުރިން ވަނީ އޭނާގެ ހަށިގަނޑު ޕޯސްްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.
ނިޝާމާގެ މަރާ ގުޅިގެން ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ކުޅުދުއްފުށީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ވަނީ ދަންޖެހިގެން މަރުވާން މަސައްކަތް ކޮށްފައެވެ. އޭނާއަށް މިހާރު ގެންދަނީ ކުޅުދުއްފުށީ ހޮސްްޕިޓަލްގައި ފަރުވާ ދެމުންނެވެ.
ކުޅުދުއްްފުށީ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، ފައިސަލް ހާލު ވަރަށް ކްރިޓިކަލް ކަމަށެވެ. އޭނާ އޮތީ އައިސީޔޫގައި ކަމަށާއި ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
2 Responses
ތިކަން އިގޭ އެންމެންނައްވެސް
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ބައެއް ފުލުހުން އުޅެނީ ޤައުމީ ހިދުމަތަށް ވުރެ، އަމިއްލަ ކަންކަމުގައިކަން ވވވ ހިތާމައާއިއެކު ފާހަގަކުރަން. އެބައުޅޭ ރަށު ޕިކަޕުގައި ކޮންމެ ދުވަހަކު ޓެކްސީކުރާ ސްޓޭޝަން އިންސްޕެކްޓަރުން، 5 ވަރަކަށް ސީނިއަރ ސާޖެންޓުން ޓެކްސީ ސެންޓަރުތަކުގެ ރަޖިސްޓަރޑް ޑްރައިވަރުންގެ ގޮތުގައި ކޮންމެ ދުވަހަކު ޓެކްސީކުރޭ. ސާޖެންޓުން ސްޓާފް ސާޖެންޓުން، ސްޓޭޝަން އިންސްޕެކްތަރުން އެބަތިބޭ ރަށުގެ ވިޔަފާރިކުރާ ފިހާރައިގެ ކައުންޓަރުގަ ފައިސާ އާއި ހަވާލުވާން އަދި ބޮޑެތި ރެސްޓޯރެންޓުތަކުގެ ސުޕަވައިޒަރުންނާއި ޑެލިވަރީ ބޯއީ މިހެންގޮސް ދުވަހު މުސާރައަށް ބޮޑެތި ފުލުސް ސްޓަފް ސާޖެންޓުން ލެވަލުގެ ބޭކަލުން ގޭގެއަށް އެބަދުރުވޭ ރާނަން، ސިމެންތި ޖަހަން، ރުއްގަސް ކަނޑަން. މާރުކޭޓު ގޮޅިން މަސް މާރުކޭޓު ވިޔަފާރިން ގޭގައި އުނގުނ ވިޔަފާރިތަކާއި ދުވަހު ކުލީ ކޮޓަރި ދޫކުރުމާއި މިޒާތުގެ ހުރިހާ ވިޔަފާރީގައި ބިދޭސީން ނަގާފައި ދެންތިބީ ފުލުހުން. ނޮން ޕްރެކްޓިސް އެލަވަންސާއި ބޮޑެތި ސާރވިސް އެލަވަންސް ނަންގަވައިގެން މިއުޅުއްވާ ކުޅުދުއްފުށީ ފުލުހުން މަސްތުވާތަކެތި ވަޔަފާރިކުރާ މީހުން އެކަމުގައި އުޅުނަސް އަޅާނުލާ، ހީވާ ކަހަލަ ދެބައި ދެމެދު ފަހުމުނާމާއެއް އޮވެޔޭ! ފުޓުބޯޅަ، ނެޓު ބާސްކެޓް އެކަޑަމީތަކުގައި ވެސް ކޯޗުންނާއި އަދި ބޮޑެތު މުސާރަ ލިބޭ ގޮތަށް މި ބޭކަލުން އުޅުމުން ދާއިރު ފުލުހުންގެ ގަވާއިދުގައި އެއީ މަނާ ކަމެއްކަން އެގޭ ދިވެހިން ވެސް އުޅޭ. ދެރައީ ދާއިމަށް މިމީހުން ހަދާނެ އެއްޗެއް ހަދަން ބަލާނެ ގޮތެއް ނެތި މިހެއް ތިބޭތީތާދީ