logoEN
ކޮކާކޯލާ
އދ. ގެ އާންމު މަޖިލީހުގެ ރައީސަކަށް ސައުދީގެ ތާއީދު ޝާހިދަށް

އދ. ގެ އާންމު މަޖިލީހުގެ ރައީސަކަށް ސައުދީގެ ތާއީދު ޝާހިދަށް

ހުސައިން އަހްމަދު

logo

11/13/2020, 3:30:25 PM

big_YKoetEV1spMVwKAaF4eJY1SoD

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ރާއްޖޭގެެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިިދު ގެނައުމަށް ތާއިދު ކުރާކަން ސައުދީ އަރަބިއްޔާއިން ހާމަކޮށްފި އެވެ.

އަބުޅޯ

ސައުދީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދިލް ބިން އަހުމަދު އަލް ޖުބައިރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެނައުމަށް ސައުދީގެ ތާއީދު ލިބޭނެ ކަން ވަނީ ހަމަކުރައްވާފައެވެ.

ޝާހިދު ވަނީ މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން އެެ މަގާމަށް ކެމްޕޭއިން ކުރަން ފަށައިފަ އެވެ. އެގޮތުން ރާއްޖެއިން ބޭރަށް ކުރެއްވި ގިނަ ދަތުރުފުޅު ތަކުގައި ޝާހިދު ވަނީ އޭނާ އެ މަގާމަށް ކުރިމަތިލާތީ ތާއިދު ދެއްވުމަށް އެދިފަ އެވެ. ހަމައެއާއި އެކު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގައި، އެ ކެމްޕޭނަށް 4.35 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގެ އިތުރުން ރާއްޖެއިން ވަނީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަށް ވާދަކުރަން ވެސް ނިންމައިފައެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލިސް އަންނަ އަހަރުގެ ސެޕްޓެމްބަރުގައި ބާއްވާ އިރު، އދ.ގެ އާއްމު މަޖިލީހުގެ ރައީސަކު އިންތިހާބު ކުރަނީ މެންބަރު ގައުމުތަކުގެ މެދުގައި ނަގާ ވޯޓަކުންނެވެ. އ ދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައިވަނީ ސެޕްޓެމްބަރު 14، 2021 ގަ އެވެ. ކޮންމެ ދައުރަކަށް ވަކި ރައީސަކު އިންތިހާބު ކުރަން ޖެހޭއިރު އާންމު މަޖިލީހުގެ ދައުރު ފެށުމުގެ ތިން މަސް ކުރިން މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރަން ޖެހެ އެވެ. އާންމު އިންތިހާބު ބާއްވާނީ އަންނަ އަހަރުގެ މެދު ތެރެއިގަ އެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ މިދިޔަ ހަފުތާގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގައި ވަނީ އިންޑިޔާގެ ތާއީދުގެވެެސް ރާއްޖެއަށް ލިބޭނެކަން ހާމަކުރައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ