logoEN
cocacola
އެސްޓީއޯ ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖުގެ ސްޕޮންސަރަކަށް ދިރާގު!

އެސްޓީއޯ ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖުގެ ސްޕޮންސަރަކަށް ދިރާގު!

އަލްފާ އަލީ

logo

12/9/2022, 7:44:32 PM

dhiraagu og

އެސްޓީއޯ ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖުގެ ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ގޮސިޔާ

ގައްދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގެ ޒުވާނުންގެ ދެ ޖިންސަށް ވަކިން ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ޕާޓްނަރުން ތައާރަފްކުރަމުން އަންނައިރު، މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގައެވެ.

މި މުބާރާތަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު، މުބާރާތަށް އެހެނިހެން ގޮނަ ފަރާތްތަކެއްގެ އެހީތެރިކަންވެސް އަންނަނީ ލިބެމުންނެވެ.

ގައްދޫ ކައުންސިލުން މިހާރު ކުރަމުން އަންނަނީ ކާމިޔާބުކަމާއެކު މިމުބާރާތް ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތަކުގެ މަސައްކަތެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު އޮންލައިން ހަމަޖައްސާފައިވާއިރު، ގާފު އޮންލައިން އިން މި މުބާރާތާ ގުޅޭ އެންމެ ފަހުގެ ޚަބަރުތައް ތާޒާކަމާއެކު ގެނެސްދޭނެއެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސާފައިވާއިރު، މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ އެވެ. އަދި އެސޯސިއޭޓް ޕާޓްނަރުންނަކީ، ގައްދޫ ޑަބްލިއުޑީސީ އާއި، ގދ. އަތޮޅު ކައުންސިލާއި ޔޫތު މިނިސްޓްރީ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ