ފައިވާނުގެ ދަށްފުށް ކަފާލައިގެން އޭގެ ތެރޭގައި ފޮރުވައިގެން ޖަލަށް ފޯނެއް ވައްދަން އުޅުނު ގައިދީއަކު އަތުލައިގެންފިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްްމަދުފުޅު މިއަދު ވިދާޅުވީ، ބަންދު މީހަކު ކޯޓު އަޑުއެހުމަކަށް ގެންދިއުމަށްފަހު އަނބުރާ ޖަލަށް ގެނައިއިރު، އޭނާ ބައްދަލުކުރި މީހަކާ ވަނީ ފައިވާން ބަދަލުކޮށްފައި ކަމަަށެވެ.
އަދި އެފައިވާނުގެ ދަށްފުށް ކަފާލާ ފޯނާއި ސިމްކާޑުގެ އިތުރުން ޗާޖަރެއް ރަށްކާކޮށް ޖަލަށް ވައްދަން މަސައްކަތް ކުރަނިކޮށް ވަނީ އަތުލައިގަނެވިފައިކަމަށެވެ.
ޖަލަށްް މަނާތަކެތި ވައްދާ މައްސަލައާއި ގުޅިގެން މިދިޔަ ހަފްތާތެރޭގައި ސިފައިންނާއި ފުލުހުން ގުޅިގެން ޖަލުގައި ވަނީ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެ އޮޕަރޭޝަންްގައި ގިނަ އަދަދެއްގެ ފޯނާއި ސިމްކާޑު އަދި މަސްތުވާތަކެތިވެސް ވަނީ ފެނިފައެވެ.
Post Views: 888