ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މާލޭ ބަހުގެ ހިދުމަތުގައި ހިމެނޭ އޯކިޑް ރޫޓް (R10) ގެ ބަސް ހުއްޓާ ތަންތަނަށް ބަދަލުތަކެއް ގެނެސްފި އެވެ.
އެމްޓީސީސީން ބުނީ އިއްޔެ ގެނައި ބަދަލުތަކާއި އެކު، އޯކިޑް ރޫޓުން ދަތުރުކުރާ ބަސް ބޮޑުތަކުރުފާނު މަގުގެ ވެސްޓް ޕާކް ބަސް ހުއްޓި އާއި ސޯޝަލް ސެންޓަރު މަޖީދީ މަގު ބަސް ސްޓޮޕަކަށް ދެން މަޑު ނުކުރާނެ ކަމަށެވެ. އަލަށް ގެނައި ބަދަލުތަކަށް އަމަލުކުރަން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.
މިރޫޓަށް އެމްޓީސީސީއިން ވަނީ އިތުރު ހަތަރު ސްޓޮޕެއް އިތުރުކޮށްފައެވެ. އެގޮތުން އިތުރުކޮށްފައިވާ ސްޓޮޕްތަކަކީ:-
- ބޮޑުތަކުރުފާނު މަގު: ދަރުމަވަންތަ ހޮސްޕިޓަލް ބަސް ސްޓޮޕް
- ކަނބާއައިސާރަނި ހިނގުން: ސޯޝަލް ސެންޓަރު ބަސް ސްޓޮޕް
- ކަނބާއައިސާރަނި ހިނގުން: އައިޖީއެމްއެޗް ބަސް ސްޓޮޕް
- އަމީނީ މަގު: އެމްޓީސީސީ މާފަންނު ފެރީ ޓާމިނަލް ބަސް ސްޓޮޕް
ކަސްޓަމަރުންގެ ސަމާލުކަމަށް! pic.twitter.com/tFpoox3clV
— MTCC Plc (@MTCCPlc) December 8, 2022
މި ބަދަލުތަކާއެކު އޯކިޑް ރޫޓުން އައިޖީއެމްއެޗާއި ދަރުމަވަންތަ އަދި ވިލިމާލެ ފެރީ ޓާމިނަލަށް ދާން ބޭނުންވާ މީހުންނަށް ލުއިފަސޭހަވާނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައިއެވެ.
މާލޭގެ މިނީ ބަހުގެ ހިދުމަތުގައި ބަސް ދަތުރު ކުރަނީ ތިން ރޫޓަކަށް ބަހާލައިގެންނެވެ. އޯކިޑް ރޫޓުގެ އިތުރުން ދެން ހިމެނެނީ އަމީނީ ރޫޓާއި ސޯސަން ރޫޓެވެ. މާލޭގައި ބަހުގެ ހިދުމަތް އެމްޓީސީސީއިން ފަށާފައިވަނީ އޮކްޓޯބަރު މަހުގެ ތެރޭގައި އެވެ.