ރަތަފަންދޫ މަގުމަތިން ފެނުނު 100 ރުފިޔާގެ ވެރިފަރާތެއް ހޯދަނީ

ގދ. ރަތަފަންދޫ ---

ގދ. ރަތަފަންދޫ މަގުމަތިން ފެނުނު 100 ރުފިޔާގެ ވެރިފަރާތެއް ހޯދުމަށް ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން ވިދާޅުވެފައިވާ ގޮތުގައި އެ 100 ރުފިޔާ އަކީ، ނޮވެމްބަރ 29 ވަނަ ދުވަހު ރަތަފަންދޫ ސާމީ ސްޓޯރު ކައިރިން އާންމުފަރާތަކުން ހޮވައިގެން ގެެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 100 ރުފިޔާއެވެ.

މި 100 ރުފިޔާގެ ވެރިފަރާތުން 7909311 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.

އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށްވެސް ފުލުހުން ވަނީ އެދިލައްވާފައެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް