logoEN
cocacola
އިންޑޮނޭޝިއާގައި ބާލީ ބޮން ގޮއްވާލި އުމަރު ޕަޓެކް ދޫކޮށްލައިފި

އިންޑޮނޭޝިއާގައި ބާލީ ބޮން ގޮއްވާލި އުމަރު ޕަޓެކް ދޫކޮށްލައިފި

Screenshot 2022-12-08 at 15.24.09

2002 ވަނަ އަހަރު ބާލީގައި ދިން ބޮމުގެ ހަމަލާގައި 200 އަށް ވުރެ ގިނަ މީހުން މަރުވި މައްސަލާގައި ކުށް ސާބިތުވި އުމަރު ޕަޓެކްގެ މައްޗަށް އިއްވާފައިވާ ހުކުމުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ދުވަސް ހަމަވުމުން އޭނާ ޕެރޯލްގެ ދަށުން ދޫކޮށްލައިފި އެވެ.

ގޮސިޔާ

އަލްޤައިދާއާ ގުޅުން ހުރި ޖެމާހު އިސްލާމިއްޔާ (ޖޭއައި)ގެ މެމްބަރެއް ކަމަށްވާ ޕަޓެކް 2012 ވަނަ އަހަރު 20 އަހަރަށް ޖަލަށް ލީ ރިސޯޓް އަވަށެއް ކަމަށްވާ ކުޓާގެ ބިޒީ ދެ ނައިޓް ކްލަބަކަށް ދިން ހަމަލާގައި ބޭނުންކުރި ބޮންތަކާއި ގުޅުން އޮތްކަމުގެ ކުށް ސާބިތުވުމުންނެވެ.

އޭނާ ދޫކޮށްލުމާ އެކު، 2030 ވަނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ޕަޓެކް "މެންޓަރިން ޕްރޮގްރާމެއްގައި" ބައިވެރިވާން ޖެހޭނެ ކަމަށް މިނިސްޓްރީ އޮފް ލޯ އެންޑް ހިއުމަން ރައިޓްސް އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އަދި އެ މުއްދަތުގެ ތެރޭގައި އޭނާގެ ޕެރޯލްގެ އެއްވެސް ޝަރުތަކާ ހިލާފުވެއްޖެ ނަމަ ޕެރޯލް ބާތިލް ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ބާލީ ހަމަލާތަކަކީ އިންޑޮނޭޝިއާގެ ތާރީހުގައި ވެސް ދިން އެންމެ ނުރައްކާތެރި ހަމަލާތައް ކަމަށްވާއިރު އޭގެ ސަބަބުން ޖޭއައި ފަދަ ހަރުކަށި ފިކުރުގެ ޖަމާއަތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ފެށިއެވެ. ޖަކާޓާގެ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަންތައް ހަރުދަނާ ކުރުމަށް އޮސްޓްރޭލިއާ އާއި އެމެރިކާއިން ވެސް ވަނީ ފައިސާ އާއި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ