logoEN
cocacola
ކޮނޑޭގައި އުމުރުން ދުވަސްވީ ބަލި މީހަކު އާސަންދަ ހަމަނުޖެހި ހާލު ސީރިއަސްވަނީ

ކޮނޑޭގައި އުމުރުން ދުވަސްވީ ބަލި މީހަކު އާސަންދަ ހަމަނުޖެހި ހާލު ސީރިއަސްވަނީ

viber_image_2021-02-05_22-53-01

ގއ ކޮނޑޭގައި އުމުރުން ދުވަސްވީ ބަލިމީހަކު އިތުރު ފަރުވާއަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔުމަށް އާސަންދަ ހަމަނުޖެހި ގިނަ އިރު ވަމުން ދާތީ އާއިލާގެ ފަރާތުން ސިއްހީ މަރުކަޒު ދޮށުގައި ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

ގޮސިޔާ

''ގާފު'' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 81 އެއްއަހަރުގެ ބަލިމީހަކު ހާލުދެރަވެ އިތުރުފަރުވާއަށް ގދ. ތިނަދޫއަށް ފޮނުވުމައްޓަކައި ކޮނޑޭ ސިއްޙީ މަރުކަޒުން އެމީހާ ބެއްލެވި ޑަޮކްޓަރުވަނީ ލަފާ ދެއްވާފައެވެ. އެހެންނަމަވެސް އާސަންދައިން އަދި ބަލިމީހާ ފުރުމުވުމުގެ ކަންކަން ހަމަނުޖެހޭތީ އާއިލާއިން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އާއިލާގެ ފަރާތުން ''ގާފު'' އަށް މައުލޫމާތު ދެއްވި މީހަކު ބުނިގޮތުގައި ބަލިމީހާ ސިއްޙީ މަރުކަޒަށް ގެނެވުނީ އެލާޖިކެއް ވެގެން ކަމަށާއި ޑޮކްޓަރު ދެއްވި ބޭސް ސިޓީގައި ހުރި ބައެއް ބޭސްތައް އަތޮޅުގެ އެހެން ރަށްތަށުންވެސް ލިބިފައިނުވުމާއިއެކު ބަލިމީހާ ހާލު ސީރިއަސްކަމަށެވެ.

ބަލި މީހާ ބެއްލެވި ޑޮކްޓަރު, އިތުރު ސްކޭންތަކެއް ހެއްދުމަށް ބޭނުންވި ނަމަވެސް, ގއ. އަތޮޅު އެއްވެސް ރަށަކުން އިތުރުފަރުވާ ލިބޭނެ ގޮތެއް ނެތުމުން ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔުމަށް ބަލިމީހާ ބެއްލެވި ޑޮކްޓަރު އާސަންދައިގައި އެދިފައިވީނަމަވެސް އާސަންދައިން އެކަން ހަމަޖެހިފައިނުވާތީ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އާއިލާގެ ފަރާތުން ''ގާފު'' އަށް މައުލޫމާތުދެއްވި ގޮތުގައި ބަލިމީހާ އަކީ ވަރަށް ގިނަ ބަލިތަކަށް ބޭސްކުރަމުން އަންނަ މީހެކެވެ.

ބަލިމީހާ ބެއްލެވި ޑޮކްޓަރުގެ ލިޔުމަކާއި އާސަންދައަށް އެދި ހުށަހެޅި ފޯމުގެ ކޮޕީއެއް ވަނީ "ގާފު" އަށް ލިބިފައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ