
އެމްޕީއެލް ހާދިސާއާއި ގުޅިގެން އޮޕަރޭޝަންގައި ބައިވެރިވި މީހުން ސަސްޕެންޑުކޮށްފި
big_uwqFj2gEaMJH5eHN3ThRgY48Z
މާލޭ ވިޔަފާރި ބަނދަރުގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި، ބަނދަރަށް ބާލަން އުޅުނު ކާޕެޓް ރޯލެއް ވެއްޓި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު މައްސަލައިގެ ތަހުގީގު މޯލްޑިވްސް ޕޯޓް ލިމިޓެޑުން އެކަމުގައި ޒިންމާވާ ކުންފުންޏާއި، އެމްޕީޢެލްގެ މުވައްޒަފުންތަކެއް ކޮށްފި އެވެ.

ދާދިދެންމެ އަކު އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ސަސްޕެންޑު ކޮށްފައިވަނީ ހާދިސާއާއި ގުޅުންހުރި އޮޕަރޭޝަންސްގައި މަސައްކަތް ކުރަމުން ދިޔަ އެކުންފުނީގެ މުވައްޒިފުން އެ ހާދިސާގެ ތަހުޤީޤުން ވަކިގޮތެއް ކަނޑައަޅަންދެންކަމަށެވެ. މީގެ އިތުރުން ކާޕެޓް ރޯލްތަކުގެ ކްލިއަރެންސުގެ މަސައްކަތް ކުރި މިނާ އިންވެސްޓްމެންޓް ވެސް ވަނީ ތަހުޤީޤު ނިމެންދެން ސަސްޕެންޑުކޮށްފައި އެވެ.
މި މައްސަލަ ބެލަމުން އަންނަނީ މްޕީއެލްގެ އެކްސިޑެންޓު އެންޑް އިންވެސްޓިގޭޝަން ކޮމެޓީން އެވެ. އަދި މިއަދު އެކޮމެޓީގެ ތަހުޤީޤު ފަށައިފައިވާކަން އެމްޕީއެލް ވަނީ ހާމަކޮށްފައިއެވެ.
އެމްޕީއެލްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ސީރިއަސް އަނިޔާތަކެއް ވެފައިވަނީ "މިނާ އިންވެސްޓްމަންޓް" ކްލިއަރެންސް ގްރޫޕުގެ މަޖޫރީއަކަށް ކަމަށެވެ.
އަނިޔާވި މަޖޫރީއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ވަނީ ބުނެފަ އެވެ.
މިދިޔަ މަހު އެމްޕީއެލް ސަރަހައްދުގައި ބިއްލޫ ޕެލެޓެއް ވެއްޓި، ކޮންޓެއިނާއެއްގެ ތެރޭގައި ތާށިވި މީހަކު ވަނީ މަރުވެފަ އެވެ.