logoEN
cocacola
މިއަހަރު މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

މިއަހަރު މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

އަހުމަދު ޝުރާއު

logo

2/5/2021, 8:11:33 PM

large_159479936728Z9vR

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަށް ކުރި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ އިތުރުވެއްޖެ އެވެ.

ގޮސިޔާ

ޓުއަރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް 102،107 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައިވެއެވެ. ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރާތް ކުރީ 92،103 ފަތުރުވެރިންނެވެ. މިއާއި އެކު ފެބްރުއަރީގެ މިހާތަނަށް 10،000 ށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިކަން ތަފާސްހިސާބުތަކުން ދައްކައެވެ.

މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރޭގައި އެންމެ ގިނައީ ރަޝިއާ ފަތުރުވެރިްނެވެ. އެގޮތުން ޖެނުއަރީ މަހު ރަޝިޔާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 22،178 އެވެ. އަދި ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރި އިންޑިއާއިން 20,027 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

މިދިޔަ އަހަރު ވެގެންދިޔައީ ރާއްޖޭގެ ފަތުރުވެރިކަމަށް ކަޅު އަހަރަކަށެވެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 555،494 އަށް ދަށްވެފައެވެ. އެހެންނަމަވެސް ބޯޑަރުތަށް ހުޅުވާލައި މިއަހަރު ނިމުމުގެ ކުރިން 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ