logoEN
Sto top
ކާރިސާތަކާއި ކުއްލި ހާލަތްތަކުގައި އެހީވުމަށް ރާއްޖެއާއި ތުރުކީން އެއްބަސްވުމެއް

ކާރިސާތަކާއި ކުއްލި ހާލަތްތަކުގައި އެހީވުމަށް ރާއްޖެއާއި ތުރުކީން އެއްބަސްވުމެއް

އަލްފާ އަލީ

logo

12/6/2022, 7:42:51 PM

FjS752IXEAQAj2m

ކާރިސާތަކާއި ކުއްލި ހާލަތްތަކުގައި އެހީވުމަށް ރާއްޖެއާއި ތުރުކީން އެއްބަސްވުމެއްގައޮ ސޮއިކޮށްފިއެވެ.

Wamco

ތުރުކީގެ ޑިޒާސްޓަރ އެންޑް އެމެޖެންސީ މެނޭޖްމަންޓް ޕްރެސިޑެންސީ(އާފާޑް) އަދި ރާއްޖޭގެ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި ދެމެދު ގާއިމްކުރެވުނު މިއެއްބަސްވުމުގެ ދަށުން މައިގަނޑު 4 ދާއިރާއަކުން ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

މި އެއްބަސްވުމުގައި ތުރުކީގެ އާފާޑްގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން ޔޫނުސް ސެޒަރއެވެ. ރާއްޖޭގެ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިން ހިސާން ހަސަންއެވެ.

މި އެއްބަސްވުމުގެ ދަށުން ކާރިސާއާއި ކުއްލި ހާލަތްތަކުގައި އިޖާބަދިނުމުގައި އެހީއަށް އެދިއްޖެނަމަ އެހީތެރިކަމާއި އެއްބާރުލުން ދިނުން، ކާރިސާތަކާއި ކުއްލި ހާލަތްތަކަށް އިޖާބަ ދިނުމުގައި ދަސްވެފައިވާ ކަންކަމާއި ކުރެވިފައިވާ ތަޖުރިބާ އަދި މިދާއިރާގެ ބެސްޓް ޕްރެކްޓިސް ދެފަރާތުގެ ދެމެދުގައި ޙިއްސާކުރުން ހިމެނެއެވެ.

މީގެ އިތުރުން ދެޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ދާއިރާގެ ފަންނީ ބޭފުޅުންގެ ތަޖުރިބާ ޚިއްސާކުރުމަށް އެކްސްޗޭންޖް ވިޒިޓް ކުރިއަށްގެންދިއުމާއި ކާރިސާތަކަށް ތައްޔާރުވުމާއި، އިޖާބަދިނުމުގެ ދާއިރާތަކުން ތަމްރީން ޕްރޮގްރާމްތައް ހިންގުންވެސް ހިމެނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside