ކްރޭން ވެއްޓުމުން ބްރިޖް މަސައްކަތް ލަސްވާނެ ކަމަށް ނުބެލެވޭ – މިނިސްޓްރީ

ތިލަމާލެ ބްރިޖް މަޝްރޫޢުގައި ބޭނުންކުރަމުންދިޔަ ކްރޭނެއް ވެއްޓުމުގެ ސަބަބުން ބްރިޖް މަޝްރޫޢުގެ މަސައްކަތް ލަސްވާނެކަމަސް ނުބެލެވޭ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފި އެވެ.

ޕްލޭނިންގ މިނިސްޓްރީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ވިލިމާލޭ ކައިރީގައި މަސައްކަތް ކުރަމުންދިޔަ ޖެކްއަޕް ޕްލެޓްފޯރމްގައި ބަހައްޓާފައިވާ މޯބައިލް ކްރޭންއަކުން ޕައިލިންގް މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް މެޓީރިއަލް އުފުލަނިކޮށް ކްރޭންގެ ބޫމް ފެއިލްވެފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަދި އިތުރު އިކުއިޕްމަންޓަކަށް ގެއްލުމެއްނުވާކަމަށާއި، އަދި ޖެކްއަޕް ޕްލެޓްފޯރމް މަތިން މިހާރު ކްރޭންގެ ބޫމްނެގިފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

"މިކަމާއި ގުޅިގެން މި މަޝްރޫއުގެ މަސައްކަތުގެ ޝެޑިއުލްއަށް އެއްވެސް ބަދަލެއް އަންނާނެކަމަކަށް ނުބެލެވޭ" – ޕްލޭނިންގް މިނިސްޓްރީ

ޕްލޭނިންގ މިނިސްޓްރީން ބުނީ، ބައެއް ފަރާތްތަކުން މިކަމުގެ އަސްލު އޮޅޭގޮތަށް ހަބަރު ފަތުރަމުން ގެންދާކަން އެމިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަމަށެވެ.

500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ކުރިއަށްގެންދާ ޖުމްލަ 6.7 ކިލޯމީޓަރުގެ ތިލަމާލެ ބްރިޖްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް