logoEN
Sto top
ނިރުބަވެރި ޖަމާއަތެއްގެ ލީޑަރެއް ކަމަށްް ބުނާ ހޫދުގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދަންް ނިންމައިފި

ނިރުބަވެރި ޖަމާއަތެއްގެ ލީޑަރެއް ކަމަށްް ބުނާ ހޫދުގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދަންް ނިންމައިފި

އައިޝަތު އިފާޝާ

logo

12/6/2022, 8:32:10 AM

b_cPmRsjAPhpRnSTf8eDV62Np56

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ދިވެހި ލީޑަރު ކަމަށް ބުނާ. ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރުގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށްގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

Wamco

ހޫދު ހައްޔަރުކޮށްފައިވަނީ، ދިވެހި ފުލުހުންގެ ހިދުމަތާއި ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ހޫދު ހައްޔަރުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ވަނީ ފަސް ދައުވާއެއް ކޮށްފައެވެ. އެގޮތުން، އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ އާއި އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިޔުންތައް ފެތުރުމުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރަކަށްވުމުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވެއެވެ.

އެ ދައުވާތައް ސާބިތުވެއްޖެ ނަމަ، އެންމެ ކުޑަވެގެންވެސް 34 އަހަރު ދުވަހުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެއެވެ.

މިމައްސަލައިގައި ދައުވާތައް ހުށަހަޅަމުން، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، އޭނާ ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކުގައި، އެކި އެކައުންޓްތަކުން ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެ ޖަމާއަތުގެ ލިޔެކިޔުންތަކާއި ފޮޓޯ އާއި ވީޑިއޯ އިންޓަނެޓް މެދުވެރިކޮށް ފަތުރައި ޝާއިއުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގަފާނެކަމުގެ އިންޒާރު ދެމުންދާކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި އިއްްޔެ ވަނީ ހޫދުގެ ބަންދާމެދު ގޮތެއް ނިންމުމުގެ އަޑުއެހުމެއް ބާއްވާފައެވެ. އެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ބަލައި ހޫދު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.

އަދި ގާޒީ މިސްބާހް ވަނީ ހޫދުގެ ޝަރީއަތުގެ ކުރިއަށް ހުރި އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށްގެންދިއުމަށް ނިންމަވައިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside