
ހާލުދެރަވި މަސްވެރިޔަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
4243
މަސްވެރިކަމަށް ނުކުމެ އުޅުނު "ޢާއިލާ" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި އުމުރުން 42 އަހަރުގެ ފަޅުވެރިޔެއްގެ ހާލުދެރަވެގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ދ.ކުޑަހުވަދޫގެ 12 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއަށް ފަޅުވެރިޔާގެ ހާލު ދެރަވެގެން އުޅޭކަމުގެ މަޢުލޫމާތު ލިބުނީ މިއަދު ހެނދުނު 11:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ އުޅަނދެއް އެ ދޯނި އޮތް ސަރަހައްދަށް ގޮސް، އެހީތެރިކަން ވަނީ ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން، ހާލު ދެރަވި ބަލިމީހާ ދ. އަތޮޅު ހޮސްޕިޓަލަށް ގެންގިސްދީފައިވަނީ މިއަދު 11:32 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.