logoEN
ކޮކާކޯލާ
މިންތީގެ ހަމަހަމަ ކަމާއި ގެވެށިއަނިޔާއާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މަޑަވެލީގައި ބާއްވައިފި

މިންތީގެ ހަމަހަމަ ކަމާއި ގެވެށިއަނިޔާއާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މަޑަވެލީގައި ބާއްވައިފި

އަލްފާ އަލީ

logo

12/5/2022, 6:12:55 PM

ggg

ގދ. މަޑަވެލީ ކައުންސިލް އިންތިޒާމްކޮށްގެން ހުވަދޫ އެއިޑާއި ގުޅިގެން މިންތީގެ ހަމަހަމަ ކަމާއި ގެވެށިއަނިޔާއާއި ގުޅޭގޮތުން ރައްޔަތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ގދ. މަޑަވެލީ ގައި ބާއްވައިފިއެވެ.

އަބުޅޯ

ޖުމްލަ 22 ބައިވެރިންނާއި އެކު ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގެ ސެޝަންތައް ނަންގަވައި ދެއްވީ މޯލްޑިވްސް ފެމިލީ ފައުންޑޭޝަނާއި ގދ. ތިނަދޫ ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރ ގެ ފަންނީ ބޭފުޅުންނެވެ.

މިޕްރޮގްރާމް ހިންގުމަށް މަޑަވެލީ ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ޔޫ.އެސް.އެއިޑްގެ އެހީގެ ދަށުން ޓްރާސްޕޭރެންސީ މޯލްޑިވްސް އިން ކުރިއަށް ގެންދާ "ޕްރޮމޯޓިން ރެސިލިއެންސް އިން ދަ މޯލްޑިވްސް (ޕްރައިމް)" ޕްރޮގްރާމުގެ ސަބްގްރާންޓްގެ ދަށުން، ގދ. ތިނަދޫ، މަޑަވެލި، ހޯޑެއްދޫ އަދި ނަޑެއްލާގެ ޒުވާނުންނަށް އަމާޒުކޮށްގެން ހުވަދޫ އެއިޑުން ހިންގަމުންދާ "ވަލްނަރަބަލް ޔޫތު ސަޕޯޓް ޕްރޮޖެކްޓް"ގެ ދަށުންނެވެ.

މިޕްރޮގްރާމުގެ ތެރެއިން މިންތީގެ ހަމަހަމަ ކަމަކީ ކޮބައިކަމާއި، މިންތީގެ ހަމަހަމަ ކަން ގާއިމްކުރުމަށް ލާޒިމްކުރާ ގާނޫނުތަކާއި ރާއްޖެ ބައިވެރިވާ ބައިނަލް އަގުވާމީ މުވާހަދާތަކާއި، ޖެންޑަރ ބޭސްޑް ވަޔަލަންސްގެ އިތުރުން ގެވެށިއަނިޔާއާއި ގެވެށި އަނިޔާއަށް މަގުފަހިވާ ކަންތައްތަކާއި ގެވެށިއަނިޔާއާއި ގުޅިގެން އަމަލުކުރަން ޖެހޭ ގޮތްތަކާއި ގުޅޭ މައުލޫމާތު ދެވުނެވެ. މިޕްރޮގްރާމް ގދ. ތިނަދޫ، ހޯޑެއްދޫ އަދި ނަޑެއްލާގައި ހިންމުމަށް ބޭނުންފުޅުވާ ފަރާތްތަކަށްހުވަދޫ އެއިޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައިއެވެ.

މިންތީގެ ހަމަހަމަ ކަމާއި ގެވެށިއަނިޔާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމީޔާތު ޝަރަފްކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ ގދ. މަޑަވެލީ ކައުންސިލްގެ ނައިބް ރައީސާ އަލްފާޟިލާ ފަސީހާ ޝަފީގެވެ. ފަސީހާގެ ވާހަކަ ފުޅުގައި މިފަދަ ޕްރޮގްރާމްތަކުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލާއި، ހުވަދޫ އެއިޑް އިން ކުރަމުންދާ މަސައްކަތަށް ފާހަގަކުރެއްވިއެވެ.

ވަލްނަރަބަލް ޔޫތު ސަޕޯޓް ޕްރޮޖެކްޓް"ގެ ދަށުން ސިވިކް އެޑިޔުކޭޝަން، ސައިކޯ ސޯޝަލް ސަޕޯޓް އަދި ވޮކޭޝަނަލް އެޑުކޭޝަން ޕްރޮގްރާމްގެ އަދި ކުޅިވަރު ހަރަކާތްތަކަށް އެހީތެރިވެދިނުންވެސް ހިމެނެއެވެ.

ހުވަދޫ އެޑަކީ ޒުވާނުންނަށް އަމާޒުކޮށް މިފަދަ މަޝްރޫއުތަކެއް ހިންގާފައިވާ، އަދި ރާއްޖޭގެ ހަރަކާތްތެރި ޖަމްއިއްޔަތަކުން ޖަމްއިއްޔާއެއްކަން ފާހަގަކޮށްލެވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ