ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި މީހަކު ހޯދަނީ

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފި އެވެ.

މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހޯދުމަށް އިއުލާނުކޮށްފައިވަނީ ބ. ކަމަދޫ، ސުވާސާގެ، މުޙައްމަދު ރާފިލް ރިޔާޟް (24އ) އެވެ.

މުޙައްމަދު ރާފިލް ރިޔާޟް ހޯދަމުންދަނީ ދައުލަތުން ދައުވާކުރާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ފުލުހުންގެ ބަންދުގައި ބަހައްޓައިގެން 2022 ޑިސެމްބަރު 07 ވަނަ ދުވަހުގެ 10:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މިމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުންމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް