ގދ.ތިނަދޫ މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.
އެޗްޕީއޭ އިން ބުނެފައިވަނީ، މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތުމާއެކު ތިނަދޫ މޮނިޓަރިންގ ހާލަތުން ނެގުމަށް ނިންމާފައިވާ ކަމަށެވެ.
މި ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ތިނަދޫ މޮނިޓަރިން އަށް ލާފައިވަނީ އެރަށަށް ދިޔަ ޖެންޑާ މިނިސްޓްރީގެ ދެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
ތިނަދޫއަށް ދިޔަ ޖެންޑާރ މިނިސްޓްރީގެ ދެ މުވައްޒަފުންނަކީ، އެޗްޕީއޭއިން ދޫކުރާ ޚާއްސަ ހުއްދައިގެ ދަށުން ތިނަދޫއަށް ދިޔަ ދެ މުވައްޒަފުންނެވެ.
ފައްސިވި މުވައްޒަފުންނާއި ޑައިރެކްޓް ކޮންޓެކްޓުން ގޮތުގައި ފާހަގަވެފައިވަނީ 18 މީހުންނެވެ. އަދި އެ ހުރިހާ އެންމެންގެ ސާމްޕަލް ނަގައި، އެ ސާމްޕަލް ނައްސި ވެފައިކަމަށް ތިނަދޫގައި ހުންނަ ޑރ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.
Post Views: 613