logoEN
cocacola
މާމެންދޫގައި ބާއްވާ އެމްއެމް ޔޫތު ކަޕުގައި ޓީމުތަށް ބައިވެރިކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި!

މާމެންދޫގައި ބާއްވާ އެމްއެމް ޔޫތު ކަޕުގައި ޓީމުތަށް ބައިވެރިކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި!

އަހުމަދު ޝުރާއު

logo

12/5/2022, 9:10:21 AM

# އެމްއެމް ޔޫތު ކަޕު 2022

IMG_7804

ގއ މާމެންދޫ ޒުވާނުން އިސްނަގައިގެން އެރަށުގައި ބާއްވަމުން އަންނަ އެމްއެމް ޔޫތު ކަޕުގެ މިއަހަރުގެ މުބާރާތުގައި ޓީމުތަށް ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ގޮސިޔާ

އެރަށު ކާލޭފާނު ފައުންޑޭޝަނުން އިންތިޒާމްކުރާ މިއަހަރުގެ މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ ދެ ޑިވިޝަނަށް ހުޅުވާލައިގެންނެވެ. އެއީ އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަނެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މި ލިންކު މެދުވެރިކޮށް ބައިވެރިވުމުގެ ފޯރމް ހުށަހެޅޭނެ އެވެ. މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ރެޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 1،000 ރުފިޔާ ދައްކަން ޖެހޭނެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ. މުބާރާތުގެ ގަވާއިދު ވަނީ އެމްއެމް ޔޫތު ކަޕު ފޭސްބުކް ޕޭޖުގައި އާންމުކޮށްފައެވެ.

އެމްއެމް ޔޫތު ކަޕު 2022 ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުން 30 ވަނަ ދުވަހުގެ ނިޔަލަށް މާމެންދޫ ޓާރފް ދަނޑުގައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅާފައެވެ. އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ