logoEN
cocacola
ރޮނާލްޑޯގެ ރެކޯޑް މުގުރާލައި ވޯލްޑް ކަޕުގައި އެންމެ ގިނަ މޭން އޮފްދަ މެޗު ލިބުނު ކުޅުންތެރިއަކަށް މެސީ!

ރޮނާލްޑޯގެ ރެކޯޑް މުގުރާލައި ވޯލްޑް ކަޕުގައި އެންމެ ގިނަ މޭން އޮފްދަ މެޗު ލިބުނު ކުޅުންތެރިއަކަށް މެސީ!

އަހުމަދު ޝުރާއު

logo

12/4/2022, 9:30:03 AM

messi

ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕުގައި އެންމެ ގިނަ މޭން އޮފް ދަ މެޗު މަގާމް ލިބުނު ކުޅުންތެރިޔަކަށް އާޖެންޓީނާގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ލެއޮނަލް މެސީ ވެއްޖެ އެވެ.

ގޮސިޔާ

މެސީއަށް ވޯލްޑް ކަޕުގައި ޖުމުލަ 8 މޭން އޮފް ދަ މެޗު ކަން ވަނީ ލިބިފައެވެ. އޭނާގެ 8 ވަނަ މޭން އޮފް ދަ މެޗުގެ މަގާމް ލިބިފައިވަނީ ރޭ ގަތަރުގައި ކުޅުނު މިއަހަރުގެ ވޯލްޑް ކަޕުގެ ރައުންޑް އޮފް 16 ގައި އޮސްޓްރޭލިއާ އާއި ދެކޮޅަށް ކުޅުނު މެޗުންނެވެ.

މިއާއި އެކު މެސީ މިވަނީ އޭނާއި އެންމެ ވާދަވެރި ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑް މުގުލާފައެވެ. ރޮނާލްޑޯއަށް މިހާތަނަށް ލިބިފައިވަނީ އެންމެ 7 މޭން އޮފް ދަ މެޗުގެ މަގާމެވެ. މިއަހަރު ވޯލްޑް ކަޕުގައި ރޮނާލްޑޯއަށް ލިބިފައިވަނީ އެންމެ މޭން އޮފްދަ މެޗުގެ މަގާމެވެ. ނަމަވެސް ރޭ މެސީއަށް ލިބުނު މަގާމަކީ މިއަހަރުގެ ވޯލްޑް ކަޕުގައި އޭނާއަށް މޭން އޮފްދަ މެޗުގެ މަގާމު ލިބުނު ދެވަނަ މެޗެވެ.

ވޯލްޑް ކަޕުގެ މޭން އޮފްދަ މެޗުގެ މަގާމް އެންމެ ގިނައިން ލިބުނު ކުޅުންތެރިންގެ ލިސްޓުގެ ތިންވަނައިގައި އޮތީ ނެދަލޭންޑްްސްގެ ކުރީގެ ސްޓާ ޕްލޭޔަރ އަރްޖެން ރޮބެން އެވެ. ރޮބެން އަށް ވަނީ ޖުމުލަ 6 މޭން އޮފް ދަ މެޗުގެ މަގާމް ލިބިފައި އެވެ.

ރޭގެ މެޗަކީ މެސީއަށް ވަރަށް ޚާއްސަ ވެސް މެޗެކެވެ. އެގޮތުން ރޭ މެސީ ކުޅުނު މެޗަކީ އޭނާގެ ކެރިއަރުގެ 1000 ވަނަ މެޗެވެ. އެމެޗުގައި އޭނާ ވަނީ ގޯލެއް ވެސް ކާމިޔާބުކޮށް ވޯލްޑް ކަޕުގެ ޓޮޕް ސްކޯރާގެ ރޭހުގެ މައްޗަށް ވެސް ޖެހިލާފައެވެ. އޭނާ ވަނީ މިއަހަރު ވޯލްޑް ކަޕުގެ 3 ގޯލް މިހާތަނަށް ކާމިޔާބުކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ