logoEN
ޕީއެންސީ 2
އެޕަލް ކޮމްޕިއުޓަރެއް 1.1 މިލިއަން ޔޫރޯއަށް ވިއްކަން ހުށަހަޅައިފި!

އެޕަލް ކޮމްޕިއުޓަރެއް 1.1 މިލިއަން ޔޫރޯއަށް ވިއްކަން ހުށަހަޅައިފި!

apple-1-1611960097041

45 އަހަރުވެފައިވާ އެޕަލް ކޮމްޕިއުޓަރެއް 1.1 މިލިއަން ޔޫރޯއަށް ވިއްކަން ހުށަހަޅައިފިއެވެ. މިއީ އެޕަލް-1 މޮޑެލް އިން ވަކަރު ކޭސްއާ އެކު އުފެއްދި ހަމައެކަނި 6 ކޮމްޕިއުޓަރުގެ ތެރެއިން އެއް ކޮމްޕިއުޓަރެވެ.

ޝަރީ 2024

މި ކޮމްޕިއުޓަރު އުފައްދާފައިވަނީ 1976 ވަނަ އަހަރު އެޕަލްގެ ކޯ ފައުންޑަރުން ކަމަށްވާ ސްޓީވް ޖޮބްސް އަދި ސްޓީވް ވޮޒްނިއެކް އެވެ.

މި ކޮމްޕިއުޓަރަކީ ވޮޒްނިއެކް އަމިއްލައަށް ޑިޒައިންކޮށް އަމިއްލަ އަތުން ހަދާފައިވާ ކޮމްޕިއުޓަރެކެވެ. އަދި މި ކޮމްޕިއުޓަރުގައި ހިމަނާފައިވަނީ ސޮނީ ޓީވީ-115 ގެ ޑިސްޕްލޭއެކެވެ. މި އުފެއްދުން އުފައްދާފައިވަނީ ސްޓީވް ޖޮބްސްގެ ގޭގެ ގަރާޖުގައެވެ.

މިހާރު މި ކޮމްޕިއުޓަރު ވިއްކަން ހުށަހަޅާފައިވާ ކްރިޝްނާ ބުނީ އޭނާ އެ ކޮމްޕިއުޓަރު ގަތީ 1978 ވަނަ އަހަރު ކަމަށެވެ. އަދި މިހާރު އެ ކޮމްޕިއުޓަރު އޮތީ ފްލޮރިޑާގެ ބޭންކެއްގެ ތިޖޫރިއެއްގައި ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އެ ގަންނަ ފަރާތަށް އެ ވިއްކުމަށްޓަކައި އޭނާ އަމިއްލައަށް ދާންޖެހުނު ކޮންމެ ތަނަކަށް ދާނެ ކަމަށެވެ. އެއީ އެ ކޮމްޕިއުޓަރަކީ އެއްވެސް މީހެއްގެ ބެލެހެއްޓުމެއްނެތި ޝިޕް ކޮށްލެވޭ ވަރަށްވުރެ އަގުހުރި އެއްޗަކަށް ވާތީއެވެ.

ކްރިޝްނާ ވިއްކަން ތައްޔާރުވަމުންދާ އެޕަލް-1 ފިޔަވައި ދެން ހުރި 5 ކޮމްޕިއުޓަރު ހުރީ އެކި މިއުޒިއަމް ތަކުގައެވެ. ކްރިޝްނާ ވިއްކާ ކޮމްޕިއުޓަރުގެ އަގު މިހާ ބޮޑުވެގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ މިއީއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ