ފީފާ 21 މުބާރާތުގެ ޗެމްޕިއަންކަން ރާއިދް ހޯދައިފި

އީޓޫއެސް ފީފާ21 X ސީރީޒްގެ ނަމުގައި އީޓޫއެސް ގޭމިންގް އަދި އުރީދޫއިން އިންތިޒާމް ކޮށްގެން ބޭއްވި ފީފާ21 މުބާރާތުގެ ޗެމްޕިއަންކަން އަލީ ރާއިދް ހަސަން ހޯދައިފިއެވެ.

ކާމިޔާބުކަމާއެކު ކުރިއަށް ދިޔަ މި މުބާރާތުގެ ދެވަނަ ހޯދާފައި ވަނީ އިސްމާއިލް ޒަކްވާން ޝިހާދެވެ. އަދި ތިންވަނަ ހޯދާފައި ވަނީ މުހައްމަދު ޒަޔާން އިސްމާއިލެވެ. އެއްވަނަ އަށް ދިޔަ ފަރާތަށް 6،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެން ދިޔައިރު ދެވަނައަށް ދިޔަ ފަރާތަށް ލިބިފައިވަނީ 3،000 ރުފިޔާއެވެ. އަދި ތިންވަނައަށް ދިޔަ ފަރާތަށް ލިބިފައިވަނީ 1،000 ރުފިޔާއެވެ.

128 ބައިވެރިން ވާދަކުރި މި މުބާރާތުގެ ސީޒަން އެކެއްގައި 550 އަށްވުރެ ގިނަ މެޗު ވަނީ ކުޅެފައެވެ. އަދި މި ހުރިހާ މެޗުތަކެއް އެންމެ ހަފްތާއެއްގެ ތެރޭގައިވަނީ ނިންމާލާފައެވެ.

މި މުބާރާތުގެ ސީޒަން އެކަކަށް ގިނަ ބައެއްގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު މި މުބާރާތުގެ ސީޒަން 2 ކޮވިޑް 19 ގެ ސަބަބުން މުބާރާތް ބޭއްވުމަށް ތަންދޭނަމަ މި އަހަރުގެ މާރޗް ނުވަތަ އޭޕްރިލް މަހުގައި ބޭއްވިގެންދާނެކަމަށް އީޓޫއެސް ގޭމިންގް އިން މަޢުލޫމާތު ދެއެވެ.

ލައިވް އިވެންޓެއްގެ ގޮތުގައި ކްލަބް 360 ގައި ބޭއްވި ފީފާ21 X ސީރީޒްގެ ސީޒަން އެކެއްގެ ޕާރޓްނަރުންނަކީ ރެޑްބުލް، އުރީދޫ އަދި ކްލަބް 360 އެވެ. އަދި މި މުބާރާތުގެ މީޑިޔާ ޕާރޓްނަރަކީ ގާފު އޮންލައިނެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް