logoEN
Sto top
އޭ ލެވެލް އިމްތިޙާން ދެން އޮންނާނީ އޮކްޓޯބަރުގައި

އޭ ލެވެލް އިމްތިޙާން ދެން އޮންނާނީ އޮކްޓޯބަރުގައި

އަހުމަދު ޝުރާއު

logo

2/4/2021, 8:29:29 PM

big_EGsYeIe0ft1iUTHzKW3ks64ll

މެއި/ޖޫންގައި ބާއްވާ އޭ ލެެވެލް އިމްތިޙާން މިއަހަރު ނުބާއްވާނެ ކަމަށާއި އެންމެ އަވަހަށް އޭ ލެވެލް އިމްތިޙާނެއް ބާއްވާނީ އޮކްޓޯބަރ މަހުގެ ތެރޭގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

Wamco

އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މެއި/ޖޫން މަހު އޭ ލެވެލް އިމްތިޙާން ނުބާއްވަން ނިންމާފައިވާ ކަމަށާއި މިއަހަރުގެ މެއި/ޖޫން މަހު އޭ ލެވެލް އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންގެ ފެންވަރު ވަޒަން ކުރުމާއި ސެޓްފިކެޓް ދިނުން ކުރިޔަށް ދާނެ ގޮތެއް، މިމަހު ފަހުކޮޅު އިޢުލާން ކުރާނެ ކަމަށެވެ.

އެޑިއުކޭޝަންއިން މިގޮތަށް ނިންމައިފައިވަނީ އޭލެވެލް އިމްތިހާނު ކުރިޔަށް ގެންދާ އިންގިރޭސި ވިލާތުގެ ޕިއާސަން އިން މެއި/ޖޫން ގެ އިމްތިހާން ކުރިޔަށް ނުގެންދަން ނިންމުމާއި ގުޅިގެން އެވެ. ޕިއާސަން އިން ވަނީ މޭއި/ޖޫން ގައި ދަރިވަރުން އިމްތިހާން ކުރާނި ޓީޗަރުންގެ އެސެސްމެންޓަކުންކަން އިއުލާން ކޮށްފައެވެ.

ޕިއާސަން އިން ވަނީ އޭލެވެލް އިމްތިހާނު އޮކްޓޯބަރުގައި ބާއްވާނެކަން ރަސްމީކޮށްް އިއުލާން ކޮށްފައެވެ.

ކޮވިޑް 19 އާއި އެކު އޭ ލެވެލް އަދި އޯ ލެވެލް އިމްތިހާނުތަށް ފަސްކުރަން ވަނީ މަޖުބޫރުވެފައިއެވެ. އެގޮތުން ރާއްޖޭގައި ހަދަމުން އަންނަ އިމްތިހާން ތަކަކީ އިންގިރޭސި ވިލާތުގެ އިމްތިހާން ތަކަކަށް ވުމާއި އެކު އެޤައުމުގެ ހާލަތު ގޯސްވުމާއި އެކު ދުނިޔޭގެ ހުރިހާ ކަންކޮޅު ތަކެއްގައިވެސް މި އިމްތިހާން ހަދާ ފަރާތްތަކަށް ވަނީ މިކަމުގެ އަސަރު ކޮށްފައިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside