
F4CFDBE2-EB80-42CB-81F2-C3E0EA446C17
ކުޑަގިރި ޕިކްނިކް އައިލެންޑަށް ފެރީ ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އެޗްޑީސީން އިޢުލާނު ކޮށްފިއެވެ.

އެޗްޑީސީން އިޢުލާން ކޮށްފައިވަނީ މާލެއާއި ކުޑަގިރިއާ ދެމެދު ކޮންމެ ދުވަހަކު ފެރީ ދަތުރުތައް ކުރުމަށް 4 ފެރީ ދޯނި ހޯދުމަށެވެ.
މީގެ ތެރެއިން 2 ފެރީ ވާންޖެހޭނީ 50 އާއި 70 މީހުންނާ ދެމެދުގެ ޖާގައިގެ ފެރީއަށް ކަމަށް މި އިއުލާނުގައި ބުނެފައިވާއިރު، 80 އާއި 100 މީހުންނާ ދެމެދުގެ ޖާގައިގެ 2 ފެރީ ވެސް އޮންނަންޖެހޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
މާލެއިން ކުޑަގިރިއަށް ފެރީ ދަތުރުތައް ބާއްވަނީ ހެނދުނު 6:30 އާއި 6:50 އާއި 7:10ގަ އެވެ. ކުޑަގިރިން މާލެއަށް ފެރީ ދަތުރުތައް ބާއްވަނީ ހަވީރު 5:20 އާއި 5:40 އަދި 6:00 ގަ އެވެ.
މި ޚިދުމަތް ދިނުމަށް ގާބިލު ފަރާތްތަކުން އީމެއިލް މެދުވެރިކޮށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް އެޗްޑީސީން އެދިފައިވެއެވެ. އީއޯއައި ހުށަހެޅުމުގެ ސުންގަޑިއަކީ 7 ޑިސެމްބަރުވާ ބުދަ ދުވަހުގެ ހެނދުނު 11:00 އެވެ.